ދިވެހިންބާނާ މަސް ބޭރުގެ ފަރާތްތަކަށް ގަނެވޭނޭ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ވެރިކަން ކުރާ އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކަޅުބިލަ މަހުގެ ވާދަވެރި މާކެޓެއް އުފެއްދުމަށްޓަކައި ކަޅުބިލަމަސް ގަނެ ވިއްކުމުގެ މާކެޓެއް ހުޅުވި މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަކީ އެމްޑީޕީގެ ފަރާތުން މަސްވެރިންނަށްވެފައިވާ ވައުދެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖުކުރުމާއެކު މަސްވެރިކަން ފުޅާކުރުމަކީ އެ ޕާޓީގެ ވިސްނުމެއްކަމަށް މި ބަޔާނުގައިވެއެވެ.
ހުރަހެއްނެތި އާއްމުކޮށް މަސްގަތުމަށް ހުޅުވާލުމަކީ މަސްވެރިކަން ފުޅާކޮށް ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ބަދަލާއެކު މަސް ގަންނަން ބޭނުންވެފައި ތިބި ފަރާތްތައް މިފުރުސަތުގެ ބޭނުން ހިފައި މަސްވެރިންނަށް ލިބޭ އާމްދަނީއަށް ހެޔޮ ބަދަލެއް އައުމަކީ ކުރާ އުންމީދެއްކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވުނު މިފަހި ފުރުސަތާއެކު ދިވެހި ރާއްޖޭން ކަޅުބިލަ މަސް ގަންނަންބޭނުންވާ ބޭރުގެ ފަރާތްތަކަށްވެސް ރާއްޖެއަށް އައިސް ފަސޭހަކަމާއެކު ދިވެހިންބާނާ މަސް ގަނެވޭނޭ އިންތިޒާމުތަކެއް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުމާއި، ކަންނެލި ޖަގަހަ ތަކުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށް ދިނުމަކީ ވެސް މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދާދިނުމަށްޓަކައި އިތުރަށްއެޅޭނޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ކަންނެލި ޖަގަހަ ތަކުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށް ދިނުމަކީ ވެސް މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށްޓަކައި އިތުރަށްއެޅޭނޭ މުހިއްމު ފިޔަވަޅަކަށްވާނެތީ، މިކަމުގެ އިންތިޒާމުވެސް އަވަސް ފުރުސަތެއްގައި ސަރުކާރުގެ ފަރާތުން ހަމަޖައަސައި ދިނުމަށް ގޮވާލަމެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަދި މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދީ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިހުލާސްތެރިކަމާއެކު އެމްޑީޕީން ބަލައިގަންނަކަމަށްވެސް އެމްޑީޕީގެ ނޫސްބަޔާނުގައިވެއެވެ.
އެޖެންޑާ 19ގައި ވައުދުވީފަދައިން 2019ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގައި މަގުފަހިކޮށްފައިވާ ފަދައިން އެންމެ ފުރަތަމަ ގާއިމުކުރެވޭ ގޭދޮށު މަސް ފެކްޓަރީ އައްޑޫސިޓީގައި އެޅުމަށް ބަޔަކާ ހަވާލު ކުރުމަކީ ވެސް ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުއްމީދެއްކަން ފާހަގަކޮށް އެކަމަށްޓަކައި އެމްޑީޕީން ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
ގައުމަށް ދިމާވެފައިމިވާ ދަތި ހާލަތުގައި ދިވެހިމަސްވެރިން ބާނާ މަސް ކިރުމުގެ އިންތިޒާމާއި އެމަހަށް މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމުތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަން ފާހަގަކޮށް އެމްޑިޕީ އިން ބުނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ ގިނަ ފެކްޓްރީތަކެއް ގާއިމުކުރެވި މަސްވެރިކަމުގެ ގިނަ އުފެއްދުންތަކެއް ދިވެހިރާއްޖޭގައި އުފައްދައި އަދި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓް ކުރެވި މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިނަނަށް ލިބިގެންދާނެ ކަމަށެވެ. ދިވެހިމަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމާއި މަސްވެރިންގެ ހައްގުގައި ސަރުކާރުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގައި ކަޅުބިލަމަސް ގަތުމުގެ ފުރުސަތު ސަރުކާރުން މިހާރު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު