ހައިކޯޓުގެ ފަނޑިޔާރު އަބުދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ އަންނަ ހޯމަދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިމައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބަލައި ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މައްސަލަ މަޖިލީހަށް ހުށައެޅިފަހުން އޭގެތެރެއިން ފަނޑިޔާރަކު އިސްތިޢުފާ ދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އަނެއް ފަނޑިޔާރުގެ މައްސަލަ އަންނަ ހޯމަ ދުވަހަށް ތާވަލު ކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ހޯމަ ދުވަހު އަނެއް ފަނޑިޔާރާއި ގުޅޭގޮތުން މި މަޖިލީހުގައި ވޯޓަށް އަހާނެ." ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.
މި މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ވަނީ ފަނޑިޔާރު ވަކިކުރުމަށް ތްރީ ލައިން ވިޕެއްވެސް ނެރެފައެވެ. އެގޮތަށް ނިންމާފައިވަނީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.
ޖޭއެސްސީން މި ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި މި ދެފަނޑިޔާރުން ބައްލަވައިގަނެފައިވާ ކަމަށެވެ.
ޖޭއެސްސީން އެ މައްސަލާގައި ފަނޑިޔާރުން ވަކިކުރުމަށް އޭޕްރީލް 25 ގައި މަޖިލީހަށް ހުށައަޅާފައިވަނިކޮށް މިދިޔަ މެއިމަހުގެ 31 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް ވަނީ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު