ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް އެމަޤާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެންބަރުން ފަށައިފިއެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް މަޤާމުން ވަކިކުރަން ހުށައަޅައި ބައެއް މެންބަރުން ވަނީ އެކަމަށް ތާޢީދުވެސް ކޮށްފައެވެ. ނަމަވެސް ޕީޖީ ލީޑަރ އަސްލަމް ނިންމަވާފައިވަނީ މިއަދު އެކަމަށް މަޝްވަރާއަށް ހުޅުވާނުލުމަށެވެ.
އެ މައްސަލާގައި ލީޑަރޝިޕްގައި މަޝްވަރާ ކުރުމަށްފަހު އެކަމަށް އެޖެންޑާ ކުރެވިގެން ބައްދަލުވުމެއް ބާއްވަވާނެ ކަމަށް ޕީޖީ ލީޑަރ އަސްލަމްވަނީ މިއަދު ވިދާޅުވެފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޙުސައިން ޝަމީމު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 7 ޑިސެމްބަރު 2019 ގައި 74 މެމްބަރުގެ ތާޢީދާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު