ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައި (ރަސް ފޮޓޯ)
ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައި (ރަސް ފޮޓޯ)
މިރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމް މިނިސްޓްރީ އިން ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވަނީ މިރޭ ހިފާ ހަނދުކޭތަ ހިފަން ފަށާނީ މިރޭ 22:45 ގައި ކަމަށާއި، ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 00:24 ގައި ކަމަށެވެ. ހަނދުކޭތަ ވީއްލާނީ 02:04 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން އިން ބުނެއެވެ.

މިއީ ފަނޑުހިޔަނީގެ ކޭތައަކަށްވުމުން ކޭތަފާޅުވާނީ ވަރަށް ކުޑަކޮށެވެ. މި ކޭތައާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ 00:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސަރކިއުލަރގައި ބުނެފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ރަށްރަށުގެ ކައުންސިލްތަކަށް އަންގާފައެވެ.

ކޭތަ ނަމާދު ކުރަން މިނިސްޓްރީން އެންގެވި ނަމަވެސް މާލެސިޓީ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތް ހެދުމަށް އަދި ހުއްދަ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން