މިނިސްޓަރ އޮފް އެންވަޔަރމެންޓް ޑރ.ހުސައިން ރަޝީދު ހަސަން
މިނިސްޓަރ އޮފް އެންވަޔަރމެންޓް ޑރ.ހުސައިން ރަޝީދު ހަސަން
ވިހަ މާއްދާ ތަކުގެ ސަބަބުން ޖައްވު ތަޣައްޔަރުވުން ކުޑަކުރުމަކީ އެންމެންގެ ބައިވެރިވުމާއެކު ދިވެހިންނަށް ހާސިލްކުރެވޭނެ ލަނޑުދަނޑި އެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރމެންޓް ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ޑރ.ހުސައިން ރަޝީދު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބެއްގައެވެ. އެންވަޔަރަމެންޓް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން ދެއްވި ޚިތާބުގައި ވިދާޅުވީ ވައި ތަޣައްޔަރުވުމުގައި އެމީހެއްގެ ހިއްސާއަކީ ކޮބައިތޯ މިއަދު ވިސްނާލުން ވަރަށް މުހިންމު ކަމަށެވެ. އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމާއި ތަފާތު ބޭނުމަށް ހަކަތަ އުފެއްދުމާއި އަދި ކުނި މެނޭޖްކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ޖައްވަށް ދޫކުރާ ދުމުގައި އެކުލެވޭ ވިހަ މާއްދާތަކުން އިންސާނުންނާއި އެހެން ދިރުން ތަކަށް ކުރާ ނޭދޭވޭ އަސަރު ތަކާއި މެދު ފިކުރުކޮށްލުން މިއަދު މުހިންމުކަމަށް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

"ކޮންމެ މީހަކުވެސް އެމީހެއްގެ ފުށުން ޖައްވު ތަޣައްޔަރު ކުރުވާ ވިހަ މާއްދާތަކުގެ ލިސާންތައްމަދު ކުރުމަށް މިއަދު އަތުކުރި އޮޅާލަމާތޯއެވެ؟ ދުއްވާ އިންޖީނުލީ އުޅަނދަކީ ގަވައިދުން ސާރވިސް ކުރާއުޅަނދަކަށް ހަދަމޯތޯއެވެ؟ އެއްތަނުން އަނެއްތަނަށް ދިޔުމަށާއި ހެލިފެލިވުމުގައި މިހާރަށް ވުރެ ބޮޑަށް ފައިމަގު ނުވަތަ ބައިސްކަލު ހިޔާރުކުރަމާތޯއެވެ؟ ޖައްވުގައިވާ ކިލަނބުކަން ސާފުކުރުމަށް މާހައުލު ފެހި ކުރަމާތޯއެވެ ؟ އިސްރާފު ކުރުން މަދުކޮށް ކުނި މަދުކުރަމާތޯއެވެ؟ ހަކަތަ އުފެއްދުމުގައި އިޔާދަ ކުރަނިވި ވަސީލަތްތައް ބޭނުންކުރަމާތޯއެވެ؟ އަދި މިއާއެކު ގޭގައި ގެންގުޅޭ ކަރަންޓު ބޭނުންކުރާ އާލާތްތަކަކީ ހަކަތަ ސަމަކާރަ އެނަރޖީ އެފިޝެންޓް ތަކެތިކަމަށް ހަދަމާތޯއެވެ؟ އާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމަކީ ހަރުދަނާ ތިމާވެއްޓާ ރައްޓެހިކަރަންޓުން ނުވަތަ ބެޓެރިން ހިންގާ ނިޒާމަކަށް ހެދުމަށްމިއަދު އަޒުމު ކަނޑައެޅުން ކީއްތޯއެވެ؟ ތިމާވެއްޓާބެހޭ ވަޒީރުގެ ހިތޯބުގައި ވިދާޅުވެފައިވެއެވެ.

"ދުޅަހެޔޮ، ހަށިހެޔޮ އަދި ވެށިހެޔޮ އަދަކަށް އަދި މިއަށް ވުރެ ފަހި މާދަމާއެއް ލިބިގަންނަމާހިންގަވާށެވެ. މިކަމުގައި ބޭނުންވަނީ އެންމެންގެ ބައިވެރި ވުމާއި އެއްބާރުލުމެވެ. މިއީ، އަޅުގަނޑުމެން ދިވެހިންނަށް ހާސިލްކުރެވިދާނެ ލަނޑުދަނޑިއެކެވެ." މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވިއެވެ.

ތިމާވެށީގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި މިފަހަރު ކަނޑައަޅައިފައިވަނީ އެއަރ ޕޮލޫޝަން އެވެ. ވައިތަޣައްޔަރު ވުމަކީ، ރައްކާތެރި މިންވަރަށް ވުރެ ގިނައިން ވައި ތަޣައްޔަރު ކުރާމާއްދާތައް ވައިގައި އިތުރުވެ އިންސާނުންނާއި، އެހެނިހެން ދިރުންތަކަށް އޭގެ ނޭދެވޭ އަސަރުކުރާ މިންވަރަށް ވައިގެ ކޮލިޓީ ދަށްވުމެވެ.

މިނިސްޓަރުގެ ހިތޯބުގައި ވިދާޅުވީ ޒަމާނަށާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިި ބަދަލާއެކު އަޅުގަނޑުމެންގެ ނޭވާލާ ނިޒާމް އަންނަނީ ތަޣައްޔަރުވަމުން ކަމަށެވެ.

ވައި ތަޣައްޔަރުވުމަކީ އިންސާނުންނަށް ތަފާތު ބޮޑެތި ސިއްހީ މައްސަލަތަކެއް ކުރިމަތިވާ ކަމެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރުގެ ހިތޯބުގައި ވިދާޅުވީ ތަޣައްޔަރުވެފައިވާ ވަޔަށް ލެވޭ ކޮންމެ ނޭވާއަކުން ޕުއްޕާމެޔާ، ހިތާ، ސިކުނޑިއަށާ އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އެގޮތުން ހިތުގެ ބަލިތަކާއި ސްޓޯރްކް، ކެންސަރު އަދި ފުއްޕާމެޔަށް ޖެހޭ ބަލިތައް މީގެ ތެރޭގައި ހިމެނޭކަން މިނިސްޓަރުގެ ހިތޯބުގައި ފާހަގަކުރައްވާފައިވެއެވެ. މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ އަހަރެއްގެ މައްޗަށް 7 މިލިއަން އިންސާނުން ވައި ތަޣައްޔަރުވުމުގެ ސަބަބުން ނުއުމުރުގައި މިދުނިޔެއާއި އަލްވަދާއު ކިޔާއިރު މީގެ ތެރެއިން 6 ލައްކައަކީ 5 އަހަރުން ދަށުގެ ކުދިން ކަމަށެވެ.

"ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކޮންމެ 20 މީހުންގެ ތެރެއިން 9 މީހުން ނޭވާ ލާން ޖެހިފައިވަނީ ތަޣައްޔަރުވެފައިވާ ވަޔެވެ. އަދި ދުނިޔޭގައި މަރުވާ ކޮންމެ 9 މީހަކުން އެކަކީ ސާފު ވައިން މަހުރޫމް ވެފައި ވުމުގެ ސަބަބުން ދިމާވާ އުނދަގޫ ތަކާއި ހެދި މަރުވާ މީހެކެވެ. އަހަރެއްގެ މައްޗަށް 7 މިލިއަން އިންސާނުން ވައި ތަޣައްޔަރުވުމުގެ ސަބަބުން ނުއުމުރުގައި މިދުނިޔެއާއި އަލްވަދާއު ކިޔާއިރު މީގެ ތެރެއިން 6 ލައްކައަކީ 5 އަހަރުން ދަށުގެ ކުދިންނެވެ. ވައި ކިލަނބު ވެ ތަޣައްޔަރު ވަމުން ދާއިރު، ނޭވާލާ ނިޒާމާއި ގުޅިފައިވާ ބަލިތައް ދުނިޔޭގައި މިދަނީ އިތުރުވަމުންނެވެ." މިނިސްޓަރ ޑރ.ހުސައިން ރަޝީދުގެ ޚިތާބުގައިވެއެވެ.

ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 5 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން