ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލިހުގެ ނިޒާމަށް ހުރަސް އެޅުމުގެ ވިސްނުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ދާޚިލީ ވަޒީރު އިމްރާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ. މަޖިލިހުގައި ހިނގައިދިޔަ ކަންކަން ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

ދާޚިލީ ވަޒީރުގެ މި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް، އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބިފައި ނުވާކަމަށާއި، މަޖިލިހުގެ ގޮނޑިއެއްގެ މިންވަރު ވެސް އަދާލަތަށް ކާމިޔާބު ކުރެވިފައި ނުވާއިރު މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލިހުގެ އިންތިޒާމުތެރެއަށް އަރައިގަތުމުގެ ވިސްނުން އިމްރާންގެ ހުރެގެން ނުވާނެ ކަމަށެވެ.

"ރައްޔިތުންގެ ކުޑަވެސް ތާއިދެއް އެއްވެސް ދާއިރާ އަކުން އަދާލަތު ޕާޓީ އަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބުވެފައި ނުވި ނަމަވެސް މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝައިހް އިމްެރާންގެ ހުރެގެން ނުވާނެ." ހަސަން ލަތީފް ވިދާޅުވިއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީން މަދު ގޮނޑިތަކަކަށް ވާދަކުރި ނަމަވެސް، އެ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް 19 ވަނަ މަޖިލީހުން ގޮޑިއެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ނކއ

06-Jun-2020

ކޮބާ އިމުރާނު އެއައީ ފުރަތަމަ އިންޒާާރު ދެވަނައިން ޒާރާއެކު ގެއަށް ދާންޖެހޭނެ.އެހެން ވީމަ ކޮންއިންސާ ފެންމިގައުމުގަ އޮތީ މިހާރު އެގޭނެ ރައްޔިތުނައް އިންސާފުއޮންވަރު ކިހިނެތް އެތަޅާގައް މަސްސަލަ ބަލާނީ ބުނެ ބަލަބެލޭނެ ގޮތެއް


18

ޙާމިދާވާފިރު

06-Jun-2020

މަޖިލީހުގެ މެމްބަރަކަށް ވުމަކީ އެކަކު އަނެކަކު ގަޔަށް އަތލާ މާރާމާރީ ހުންގަން ލިބޭ ލައިސަންސެއްނޫން. ޙަސަން ލަތީފަކަސް މަޖިލިހުގެ ރައީސަކަށްވެސް ޤާނޫނާޚިލާފަށް ބޭނުންހާގޮތަކަށް މީހުންގެ ގަޔަށް ބޮލަކަށްނޭރޭނެ.


16

އަޖުވަދު

06-Jun-2020

މަޖިލިހުގައި ހިނގައިދިޔަ ކަންކަން ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. ޢިމްރާންގެ މިވާހަކަކޮޅު މީކުށްބަހެއްތަ? ތިމާ ވަރަށް އިމްރާން އިސްކޮޅުން ކުރުނުވިޔަސް ރަގަޅުވާހަކައެއް ބުނީމާ ގަބޫލުކުރޭ.



ޓްރެންޑިން