އއ. ރަސްދޫ
އއ. ރަސްދޫ
ސިޒޭރިއަން ހަދައިގެން ހާލު ދެރަވެގެން އއ. ރަސްދޫ އިން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދިން ކުއްޖެއްގެ ހާލު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމުން ވެސް އެކުއްޖާ ރަށައް ގެންދިޔުމުގެ ހުއްދަ އެޗްޕީއޭއިން ނުދިން ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އއ.ރަސްދޫއަށް ނިސްބަތްވާ އެ އާއިލާގެ މީހަކު ފޭސްބުކްގައި ލިޔުނު ލިޔުމެއްގައި ބުނެފައިވަނީ، ރަސްދޫ ތުއްތު ކުއްޖާގެ ހާލު ދެރަވެގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އެކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން އާއިލާއަށް އަންގާފައިވާ ކަމަށެވެ. އެކުއްޖާ ހޮސްޕިޓަލުން ދޫކޮށްލުމުން ކުއްޖާ އަނބުރާ ރަށަށް ގެންދިޔުމުގެ ހުއްދަ އެޗްޕީއޭގައި އެދުމުންވެސް އެހުއްދަ ނުދީ ދިގުދަންމަމުންދާކަމަށް އޭނާ ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅުމުން ޖަވާބެއް ނުދޭ ކަމަށާއި، ރަސްދޫ ކައުންސިލުގެ ފަރާތުން އެޗްޕީއޭގެ ހުއްދައަށް އެދުމުންވެސް ވަކި ޖަވާބެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

ރަސްދޫ އިން ސިޒޭރިއަން ހަދައިގެން ހާލު ބޮޑުވެގެން މާލެ ގެނައި ތުއްތު ކުއްޖާ އާއިލާއާއި ވަކިން އައިޖީއެމްއެޗްގައި ގެންގުޅޭތާ 4 ދުވަސްވެފައިވާ ކަމަށް އޭނާ ލިޔެފައިވެއެވެ.

"ތުއްތު ކުއްޖާގެ މަންމަ އާއި ބައްޕަގެ އާދޭހަކީ އެ ދެމަފިރިންގެ ތުއްތު ދަރިފުޅު އެ ދެމަފިރިންގެ ގާތަށް ރަށައް (އއ.ތޮއްޑޫ އަށް ) އަނބުރާ ގެންދިޔުމެވެ." ވަރަށް އާދޭހާއެކު އޭނާ ބުނެފައިވެއެވެ.

މިމައްސަލައިގައި "ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން އެޗްޕީއޭއިން ބުނީ ތުއްތު ކުއްޖާގެ ހާލު ރަނގަޅު ވުމުން މިއަދު ހަވީރު 16:30 ގައި ހޮސްޕިޓަލުން ދޫކޮށްލަން ޑޮކްޓަރު ނިންމެވި ކަމަށެވެ. ނަމަވެސް އަދިވެސް އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެނިންމުން ބަދަލުކޮށް އިތުރަށް ބާއްވަން ޑޮކްޓަރ ނިންމެވީ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

"ކުއްޖާގެ ބެލެނިވެރިން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް އެޗްޕީއޭއިން މިހާރު ވާނީ އިރުޝާދު ދީފަ. އެއަށްފަހު ފުރައިގެން ދިއުމަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމޭނީ." އެޗްޕީއޭއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން