ގއ. ވިލިނގިލި
ގއ. ވިލިނގިލި
ގއ. ވިލިނގިލީގައި އަންހެނުންތަކެއްގެ ގައިގައި ދަތްއެޅި މީހާ ދޫކޮށްލައފި އެވެ.

އެމައްސަލައާ ގުޅިގެން މިދިޔަ މެއިމަހުގެ ދެ ވަނަ ދުވަހު 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. މި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރީ ގ. ޗެރީ ހައުސް، ޢަލީ ޙަސަން އެވެ.

އެފަހަރު އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ޙާޟިރުކުރުމުން ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން 150 ދުވަހަށް ޖަލަށްލުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވެއެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވެސް ކޯޓުން އެ ދުވަހު އަމުރުކޮށްފައިވެ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރި ކަމަށާއި އޭނާ ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފިރިހެން މީހާ ދަތް އެޅުމުގެ ސަބަބުން ކުރީގެ އަނބިމީހާގެ ދައްތަގެ އިނގިލި ވަނީ ބުރިވެފައެވެ.

ގެއަކަށް ގަދަކަމުން ވަދެ އެ ގޭގައި ތިބި ހަތަރު މީހަކަށް ހަމަލާ ދިނުމުގެ ސަބަބުން އަނިޔާވީ އުމުރުން 60 އަހަރާއި، 39 އަހަރާއި، 31 އަހަރުގެ އަންހެނަކަށާއި އުމުރުން 74 އަހަރުގެ ފިރިހެނަކަށެވެ. ހޮސްޕިޓަލްގައި މި ހަތަރު މީހުންނަށްވެސް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން