ނޯޓިސް ދީފައިވާ ޕާޓީތައް އުވާލުމާމެދު ގޮތެއް ނިންމާނީ މިހާރު ހުށައަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަ ނުވާތީ، މެންބަރުން ހަމަކުރުމަށް ނޯޓިސް ދީފައިވާ ސިޔާސީ ޕާޓީތައް އުވާލުމާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ހުރި ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު މިއަދު ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ވަނީ 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައެވެ. މީގެތެރެއިން 4 ޕާޓީއެއްގައި ޤާނޫނުގައި ބުނާ އަދަދަށް 3000 މެމްބަރުން ނެތުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީތަކަށް ނޯޓިސް ފޮނުވާފައެވެ. އެގޮތުން މިމަހުގެ 14ގެ ކުރިން 3000 މީހުން ހަަމަކުރުމަށް އެޕާޓީތަކަށް ވަނީ ނޯޓިސް ފޮނުވާފައެވެ.
ފުއާދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، އުވާލަން ނޯޓިސް ދިން ހަތަރު ޕާޓީގެ ފޯމުތައް ޕްރެސެސްކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޕާޓީތައް އުވާލުމާމެދު ގޮތެއް ނިންމާނީ މި މަހުގެ 14އާ ހަމައަށް ލިބޭ ފޯމުތައް ޕްރޮސެސް ކުރުމަށްފަހު ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
3000 މެމްބަރުން ހަމަނުވާ ޕާޓީތަކަކީ ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި އެންމެ ފުރަަތަމަ އުފެއްދި އެއް ޕާޓީކަމަށްވާ، ޑީއާރުޕީއާއި، މައުމޫން ފަހުން އުފެއްދެވި އެމްއާރުއެމް، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އެވެ.
3000 މެމްބަރުން ހަމަކުރުމަށް މިދިޔަ މާޗުމަހު އެ ޕާޓީތަކަށް ނޯޓިސް ފޮނުވާފައިވާއިރު، މިޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތަކުން ވަނީ އިލެކްޝަނުން ދީފައިވާ މުއްދަތު އިތުރުކޮށް ދިނުމަށް އެދިފައެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނީ ކޮމިޝަނުން މުއްދަތު ދީފައިވަނީ ޤާނޫނުގައި ބުނާ މުއްދަތަށް ކަމަށެވެ.
އިލެކްޝަނުން ބުނީ ކޯވިޑާއި، ގުޅިގެން 3000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދިން މުއްދަތަށް ލުއިދީފައިވީނަމަވެސް މިހާރު ދީފައިވާ މުއްދަތަށް އިތުރު ބަދަލެއް ނާންނާނެކަމަށެވެ. އެހެންކަމުން މިމަހުގެ 14 ވަނަ ދުވަހަށް 3000 މެމްބަރުން މި ޕާޓީތަކަށް ހަމަނުކުރެވިއްޖެނަމަ އެ ޕާޓީތައް އުވާލާނެއެވެ.
ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން 10000 މެމްބަރުން ހަމަވެގެން ދައުލަތުން ފައިސާ ލިބެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއަށެވެ.

ކިޔުންތެރިންގެ ހިޔާލު