ހުޅުމާލޭގައި ސަރުކާރުން ދޭ ޕަބްލިކް ޓްރާންސްޕޯރޓްގެ ޚިދުމަތުގެ އިތުރުން ޓެކްސީގެ ޚިދުމަތަކީވެސް ވަރަށް ފުޅާ ދާއިރާގައި ދެމުންދާ ޚިދުމަތެެއް (ރަސް ފޮޓޯ- ޝާހް)
ހުޅުމާލޭގައި ސަރުކާރުން ދޭ ޕަބްލިކް ޓްރާންސްޕޯރޓްގެ ޚިދުމަތުގެ އިތުރުން ޓެކްސީގެ ޚިދުމަތަކީވެސް ވަރަށް ފުޅާ ދާއިރާގައި ދެމުންދާ ޚިދުމަތެެއް (ރަސް ފޮޓޯ- ޝާހް)
ހުޅުމާލެ ހައުސިން ޑިވޮލްޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ޓެކްސީގެ ޚިދުމަތް ދިނުމަށް ހުއްދަ ދެވޭނީ އެމްއޯޔޫއެއްގައި ސޮއިކޮށްގެން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓެކްސީގެ ޚިދުމަތް ދިނުމަށް އެޗްޑީސީން ހުށައަޅާފައިވާ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރިކައިގެ ކޮމެޓީގައި މެމްބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވީ، އެޗްޑީސީ އިން ހުޅުމާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ކާރު ތަކެއް ރަޖިސްޓްރީ ކޮށްދިނުމަށް އެދި އެމިނިސްޓްރީއަށް ހުށަައަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެޗްޑީސީ އާއި ބައްދަލު ކުރެއްވި ކަމަށާއި، އެ ޚިދުމަތް ފެށުމަށް އެމްއޯޔޫ އެއް ތައްޔާރުކުރުމަށް މިހާރު އަންގަވާފައިވާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބޭފުޅުން (އެޗްޑީސީ) އާއެކު ބައްދަލުވުމެއް ބާއްވައި، އެކަން ކުރެވޭނީ ކޮންގޮތަކަށްތޯ ބަލައި އެމްއޯޔޫ އެެއް އެކުލަވާލުމަށް މިހާރު ވާނީ ދަންނަވާފަ، އެކަމާ ގުޅިގެން މިނިސްޓްރީން އަންގަންޖެހޭ އެއްޗެހި މިހާރު އަންގައިފިން، އެބޭފުޅުން އެމްއޯޔޫ ތައްޔާރުކޮށްގެން އައުމުން ވީހާވެސް އަވަހަކަށް މާތް ﷲ އިރާދަފުޅުން އެކަން ކުރިއަށް ގެންދާނަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން