ދ. ކުދަހުވަދޫ
ދ. ކުދަހުވަދޫ
ދ. ކުޑަހުވަދޫގައި ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެކުދިން މަރުވެއްޖެއެވެ.

ރަސް އޮންލައިން އަށް އެނގިފައިވާގޮތުގައި ދ.ކުޑަހުވަދޫގައި މާބަނޑު އަންހެނަކު އެއްމާބަނޑު ދެކުދިން ވިހާފައިވަނީ ބަޑަށް ފަސްމަހުގައެވެ. އެ ދެކުދީން މަރުވެފައިވަނީ ވިހެއިފަހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.



އެ ދެ ކުދިން މަރުވެފައިވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާމް  ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެކުދިންގެ ހާލަތުވެސް ސީރިއަސް ކަމުން މާލެ ނުގެންދެވުނީ ކަމަށެވެ. ޝާމް ވިދާޅުވީ، މަންމަގެ ހާލު ރަނގަޅު ކަމަށާއި ދެކުދިން ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެކުދިން ގެންދަން ވެގެން ފްލައިޓްވެސް ގެނައިކަމަށާއި އެހެން ނަމަވެސް ފްލައިޓް ގެނެވުނުއިރުވެސް އެއް ކުއްޖަކުވަނީ މަރުވެފައި ކަމަށް ޝާން ވިދާޅުވެފައި ވެއެވެ. އަދި ދެވަނަ ކުއްޖާ ނިޔާވީ ފްލައިޓް އައި ފަހުން.ކަމަށާއި ނަމަވެސް ދުވަސް ނުފުރާ ވިހެއުމުން ކުއްޖާ ކުޑަވުމުން ނުގެންދެވުނީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމުގައި އޭނާ ވޮދާޅުވެފައި ވެއެވެ. އެރަށު ހޮސްޕިޓަލަކީވެސް މާބޮޑު ފަރުވާއެއް ދެވޭ ފެންވަރުގެ ތަނެއް ނޫން.ކަމަށް ޝާމް ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ކުޑަހުވަދޫ ހޮސްޕިޓަލުގެ ބަހެއް އަދި ލިބޭގޮތެއް ނުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން