އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ ހެޑް، ކުއީން އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޔުނައިޓަޑް ކިންގްޑޮމްގައި ބޭއްވި "ޕްލެޓިނަމް ޖުބިލީ ޕޭޖަންޓް" ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.
ކުއީން އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ގޮތުން ޔޫކޭގައި ޖޫން މަހުގެ 2 އިން 5 އަށް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން އެންމެ ފަހު ދުވަހު، ޔުނައިޓެޑް ކިންގްޑޮމް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ނިސްބަތްވާހެން ދިހަހާހަށް ވުރެން ގިނަ މީހުން ވަނީ 3 ކިލޯމީޓަރު ރޫޓެއްގެ ޕޭޖަންޓުގައި ބައިވެރިވެފައެވެ.
ޖުމްލަ ހަތަރު އެކްޓަކަށް ބަހާލެވިގެން ކުރިއަށްދިޔަ މި ޕޭޖަންޓުގައި އެކުލެވުނު ފުރަތަމަ އެކްޓަކީ، ކޮމަންވެލްތަށް ނިސްބަތްވާ އެންމެހާ ޤައުމުތަކުގެ އަސްކަރިއްޔާތަކުން ބައިވެރިވި އެކްޓެކެވެ.
ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި، މި ޕޭޖަންޓުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވުމާއެކު، އެމްއެންޑީއެފުން މޭޖަރ މުޙައްމަދު ނަޒީމާއި، ސާޖަންޓް މޭޖަރ ސަމްޙާ ޔޫސުފާއި، ސްޓާފް ސާޖަންޓް އިބްރާހީމް ފައިސަލް، އަދި ސާޖަންްޓް އިބްރާހީމް ޝަފީޤު ވަނީ ޕޭޖަންޓުގައި ބައިވެރިވުމަށް ޔޫކޭއަށް ދަތުރުކޮށްފައެވެ. މި ޕޭޖަންޓުގައި ބައިވެރިވި ޤައުމުތަކުގެ އަސްކަރިއްޔާތަކުން މާޗު ކޮށްފައިވަނީ އެމީހުންގެ ޔުނިފޯމުގައި، އެ ޤައުމެއް ރަމްޒުކޮށްދޭ ދިދަ ހިފައިގެންނެވެ.
ކުއީން އެލިޒަބަތު ދެވަނަ އިނގިރޭސި ވިލާތުގެ ރަނިކަމާ ހަވާލުވެލެއްވީ 1952 ވަނަ އަހަރުގެ ފެބުރުވަރީ މަހު، އުމުރުން 25 އަހަރުފުޅުގައެވެ.

MNDF contingent participates in the military parade of the #PlatinumJubileePageant alongside the UK Army, Navy, RAF, and the #Commonwealth family to celebrate Her Majesty Queen Elizabeth II @RoyalFamily @MDVinUK pic.twitter.com/kxbnXALsLb
— Maldives National Defence Force (@MNDF_Official) June 5, 2022
ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި، މި ޕޭޖަންޓުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވުމާއެކު، އެމްއެންޑީއެފުން މޭޖަރ މުޙައްމަދު ނަޒީމާއި، ސާޖަންޓް މޭޖަރ ސަމްޙާ ޔޫސުފާއި، ސްޓާފް ސާޖަންޓް އިބްރާހީމް ފައިސަލް، އަދި ސާޖަންްޓް އިބްރާހީމް ޝަފީޤު ވަނީ ޕޭޖަންޓުގައި ބައިވެރިވުމަށް ޔޫކޭއަށް ދަތުރުކޮށްފައެވެ. މި ޕޭޖަންޓުގައި ބައިވެރިވި ޤައުމުތަކުގެ އަސްކަރިއްޔާތަކުން މާޗު ކޮށްފައިވަނީ އެމީހުންގެ ޔުނިފޯމުގައި، އެ ޤައުމެއް ރަމްޒުކޮށްދޭ ދިދަ ހިފައިގެންނެވެ.
ކުއީން އެލިޒަބަތު ދެވަނަ އިނގިރޭސި ވިލާތުގެ ރަނިކަމާ ހަވާލުވެލެއްވީ 1952 ވަނަ އަހަރުގެ ފެބުރުވަރީ މަހު، އުމުރުން 25 އަހަރުފުޅުގައެވެ.
ކިޔުންތެރިންގެ ހިޔާލު