ރައީީސްް ނަޝީދާއި އިމްރާން؛ ބައެއް ފަރާތަކުން މިހާރު ސިފަކުރަނީ ކޯލިޝަން ނިމެންދާތަން މިހާރު ފެންނަކަމަށް..
ރައީީސްް ނަޝީދާއި އިމްރާން؛ ބައެއް ފަރާތަކުން މިހާރު ސިފަކުރަނީ ކޯލިޝަން ނިމެންދާތަން މިހާރު ފެންނަކަމަށް..
މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރުގެ  ހުރެގެންނުވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިމްރާނަށް ރައްދުދެއްވައި ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ތާއިދުކުރައްވުމުނެ އިމްރާނު ހޫނުފެންނަށް ވެއްޓިއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް، އެއްވެސް ދާއިރާއަކުން މިނިސްޓަރުގެ އަދާލަތު ޕާޓީ އަށް ލިބިފައި ނުވާކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވާ މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރުގެ ހުރެގެން ނުވާނެ ކަމަށް އޭނާގެ ޓްވީޓުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ހަސަން ލަތީފުގެ އެޓްވީޓް ރީޓްވީޓް ކުރައްވައި ހަސަން ވިދާޅުވި އެވާކަތަކަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ހަސަންގެ އެ ޓްވީޓް ރިޓްވީޓް ކުރައްވައި އެކަމަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވުން ފިޔަވައި އެކަމާމެދު އިތުރު އެއްޗެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ. އާންމު ގޮތެއްގައި މީހަކު ކުރާ ޓްވީޓެއް ރީޓްވީޓް ކުރަނީ އެކަމަށް ތާއިދު ކުރުމުގެ ގޮތުންނެވެ.

ހަސަން ލަތީފު ކުރެއްވި ޓްވީޓަށް ރައީސް ނަޝީދު ތާއީދު ކުރެއްވުމާއެކު އެޓްވީޓަށް ޖަވާބުދާރިވުމުގެ ގޮތުން ޓްވީޓްކޮށްފައިވާ ގިނަ ބައެއްގެ ފާޑުކިއުންތައް އިމްރާނަށް އަމާޒުވެ އިމްރާން ހޫނުފެނަށް ވެއްޓުނުތަން ފެނިގެން ދިޔައެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވެފައިވަނީ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ހުށަހަޅާފައިވާތީ، އޮންނަ އުސޫލުން ފުލުހުން އެކަން ތަހުގީގު ކޮށް އިންސާފު ހޯދައި ދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އާދަމް

06-Jun-2020

މަޤާމްގެ ވާޖިބް އަދާކުރާނަމޭ ބުނުމުން ހާދަވަރަކަށް ތެޅިގަންފިޔޭ...



ޓްރެންޑިން