ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް
ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް
އެއްވެސް ފަރާތެއްގެ އިންޒާރަށް ބެލުމެއް ނެތި އަދާކުރަންޖެހޭ ޒިންމާތަށް އަދާކުރެއްވުމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް، ހޯމްމިނިސްޓަރ އިމްރާން އަބުދު ﷲ އަށް ގޮވާލައްވައިފިއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ. މަޖިލިހުގައި ހިނގައިދިޔަ ކަންކަން ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ވެސް އިމްރާން  ވިދާޅުވިއެވެ.

އިމްރާނުގެ މި ވާހަކައާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ އިމްރާން އަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފް ވިދާޅުވީ  މަޖިލިހުގެ ނިޒާމަށް ހުރަސް އެޅުމުގެ ވިސްނުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށެވެ. ހަސަން ލަތީފްގެ މި ޓުވީޓް ރައީސް މުހަންމަދު ނަޝީދު ރީޓްވީޓް ކުރައްވައި އެވާހަކަ ތަަކަށް ތާއިދު ކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ.

އެކަމާ ގުޅިގެން ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް ވަނީ އެއްވެސް ފަރާތެއްގެ އިންޒާރަކަށް ނުސިހި، މަގާމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް އިމްރާނަށް ގޮވާލައްވާފައެވެ. އަދި މަގާމު ގެއްލުން އެއީ އިމްރާނަށް ނިކަމެތި ކަމެއް ލިބޭނެ ކަމެއް ނޫން ކަމަށާއި، އަދުލުވެރިވުން މާ މުހިންމު ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.



މޫސާގެ ފާނާއި ފިރުއައުނުގެ ވާހަކައިން މިސާލު ނަންގަވަމުން އިޔާޒް ވަނީ އެފަދަ ހާދިސާތަކުން އިބުރަތް ހާސިލް ކުރެއްވުމަށް ހަސަން ލަތީފަށް ގޮވާލައްވާ ކަމަށެވެ.

"ފިރުއައުނު މޫސާގެފާނަށް ތަބާވީ މީހުންނާއި ދިމާލަށް ބުނި، "މީ މަދު މީސްކޮޅެކޭ" މިހެން ކިޔާ ބޮޑާވެގެން އުޅެނިކޮށް ފިރުއައުނާ އޭނާގެ އައުވާނުން ޣަރަގުވެގެން ދިޔައީ. ހަސަން ލަތީފު މިފަދަ ވާހަކަ ތަކުން އިބުރަތް ހާސިލްކުރުމަށް ނަސޭހަތްތެރިވަން." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ޑރ. އިޔާޒްގެ އިތުރުން މަޝްހޫރު ދީނީ އިލްމްވެރިޔާ އަލީ ޒައިދު ވެސް ވަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ގާނޫނީ އިމުގެ ތެރެއިން ކުރައްވާ މަސައްކަތްތަކާއި ގުޅިގެން އިމްރާނަށް އަންނަ އެއްވެސް އިންޒާރަކަށް ބިރަށް ޖެހިލުން ނުވުމަށް ގޮވާލައްވާފައެވެ.

"އެމްޕީ އަކަށްވެސް ބޮޑާވެ، ގާނޫނުގެ މައްޗަކަށް ނޭރޭނެ، ބޮޑާވުމަކީ މޮޔަކަމެއް."ޒައިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ފަސީހު

06-Jun-2020

އަދާލަތު އޮބްނަން ޖެހޭނީ ފަރުދީ ލެވެލުގަޔާއި ޖަމާއަތުގެ ލެވްލުގަޔޢި ސައުކާރުގެ ލެވެލުގައި އަދާލަތު ގާއިމްކުރުމަށާއި އެކަމަށް ވަކާލާތު ކުރުމުގައި



ޓްރެންޑިން