ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން މިއަދު ބުނީ ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ހިފަހައްޓާފައިވާ ކަމަށެވެ.
މި މަސްބޯޓު ހިފަހައްޓާފައިވަނީ މ. މުލިން 76 ނޯޓިކަލް މޭލު އިރުން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. މި މަސްބޯޓުގެ މަޢުލޫމާތު ކޯސްޓްގާޑަށް ހިއްސާކޮށްފައިވަނީ "އަލަމޫ 2" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.
އެމްއެންޑީއެފުން ބުނީ ޖުމްލަ 6 ފަޅުވެރިން ތިބި ލަންކާގެ މަސްބޯޓު މިހާރު ދަނީ ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުން ލ.ކައްދޫއަށް ދަތުރުކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު