ރަސޫލާއަށް ފުރައްސާރަކުރުން މަޖިލީހުން ކުށްވެރިކުރުމަކީ ރައްޔިތުން އެދޭގޮތް ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފައިނުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.
މަޖިލީހުން އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ މަޖިލީސް ހިންގަންވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އަދި ރައްޔިތުން އެދެނީ ރަސޫލާއަށް ފުރައްސާރަކުރުން ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރުމަށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އެކަމުގައި މަޖިލީހުގެ ނިންމެވުމެއް އޮންނާނެ ކަމަށް އުންމީދު ކުރެއްވި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް އުންމީދުކުރިން މަޖިލީހުން މިކަމުގައި ހަރުދަނާ ނިންމުމެއް އޮންނާނެ ކަމަށް. ނަމަވެސް ހިތާމަކުރަން އެކަމާމެދު މަޖިލީހުގެ ސްޓޭންޑެއް ނެތުމުން." ޑރ. ޝަހީމް ވިދާޅުވިއެވެ.
ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކުރުމަށް މަޖިލީހަށް ހުށައެޅި މައްސަލަ 33 މެންބަރުން ވޯޓުދެއްވައިގެން ބޭރުކޮށްލާފައިވާއިރު އެކަމާ ގުޅިގެން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ބުނެފައިވަނީ، އެގޮތަށް ޢަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުން ކޮށްގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ކަމަށެވެ.
ހަމައެއާއެކު ސަރުކާރުންނާއި އެމްޑީޕީން އިންޑިއާގެ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާއަށް ފުރައްސާކުރި މައްސަލަ ކުއްވެރިކޮށް ބަޔާން ނެރިފައިވާކަންވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.

Majlis hingan vaanee Rayyithun edhey gothah. Rayyithun edhenee Rasoolaa ah furassaarakurun Majileehun kuhverikuran. Alhugandu varah ummeedhu kurin Majleehun mikamugai harudhanaa nimmumeh onnaane kamah. Namaves hithaama kuran ekamaa medhu majlis ge stand eh nethumun. https://t.co/urpxDtOyNt
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 7, 2022
ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކުރުމަށް މަޖިލީހަށް ހުށައެޅި މައްސަލަ 33 މެންބަރުން ވޯޓުދެއްވައިގެން ބޭރުކޮށްލާފައިވާއިރު އެކަމާ ގުޅިގެން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ބުނެފައިވަނީ، އެގޮތަށް ޢަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުން ކޮށްގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ކަމަށެވެ.
ހަމައެއާއެކު ސަރުކާރުންނާއި އެމްޑީޕީން އިންޑިއާގެ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާއަށް ފުރައްސާކުރި މައްސަލަ ކުއްވެރިކޮށް ބަޔާން ނެރިފައިވާކަންވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު