އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން
އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން
ނުބައިކަންތައްތައް މަނާނުކޮށް އެކަމަށް ހިތްވަރުދިން ބަޔަކީ ބަނީ އިސްރާއީލުގެ މީހުން ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲގެ ނިންމެވުމަށް ތާޢީދު ކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

ަމަޝްހޫރު ދީނީ އިލްމްވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިހު އިލްޔާސް ހުސައިން މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތައް ތަހުގީގް ކުރުމަށް އިދިކޮޅު ފަރާތްތަކުން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަ ތަހުގީގުކޮށް އިންސާފު ގާއިމް ކޮށްދެއްވާނެ ކަމަށް އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންވާ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވުމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް މަލާމާތް ރައްދުވާ ގޮތަށް، އެޕާޓީގެ ނިކަމެތިކަން ހަނދާންކޮށްދެއްވައި ރައްދު ދެއްވާފައިވަނިކޮށެވެ.

ޙަސަން ލަތީފް ވިދާޅުވެފައިވަނީ، މަޖިލިހުގެ ނިޒާމަށް ހުރަސް އެޅުމުގެ ވިސްނުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށެވެ. 

ސީދާ އެވާހަކަ ވިދާޅުވި ނަމަވެސް އިލްޔާސް ހުސައިންގެ ޓްވީޓްގައި ވިދާޅުވެފައިވާ ބަސްތަކަކީ އެކަމަށް ރަށްދު ދެއްވައި އިމްރާނަށް ތާއީދު ކުރައްވައި ހިތްވަރު ދެއްވާފައިވާ ބަސްކޮޅު ތަކެއްކަން ފާހަގަކޮށްލެވެއެވެ.

ޝައިޚް އިލިޔާސް ވިދާޅުވެފައިވަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާންޖެހޭނެ ކަމަށާއި، ބިރު ދައްކައިގެން ކުށްކުރުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

ވަކިބޭފުޅެއްގެ ނަން ނުގެންނަވައި އިލިޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގަދަ ބަސް ބުނާ މީހުން މާޒީން އިބުރަތް ހާސިލްކުރުން ބުއްދިވެރިކަމަށެވެ.



ކީރިތި ގުރުއާނުގެ މާއިދާ ސޫރަތުން ދަލީލު ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ނުބައިކަންތައްތައް މަނާނުކޮށް އެކަމަށް ހިތްވަރުދިން ބަޔަކީ ބަނީ އިސްރާއީލުގެ މީހުން ކަމަށެވެ. އެކަމުގެ ސަބަބުން މާތް ﷲ އެމީހުންނަށް ލައުނަތް ލެއްވެވި ކަމަށް ޝައިޚް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރު ވެރިކަމަށް އައީ އަދާލަތު ޕާޓީ ހިމެނޭ ވަރުގަދަ ކޯލިޝަނަކުންނެވެ. ދާޚިލީ ވަޒީރުގެ މަގާމުގައި އިމްރާ ހުންނަވަނީ ކޯލިޝަނުގެ ބައިވެރިންނަށް ބައިއަޅައިގެން އަދާލަތަށް ލިބުނު ބައިގެ ތެރޭގައި ހިމެނޭ ވަޒީރެއްގެ ގޮތުގައެވެ. އަދާލަތު ޕާޓީއަށް ލިބުނު ބައިގައި ދެން ހިމެނެނީ ޖެންޑަރ މިނިސްޓްރީއެވެ. އެމަގާމު ފުރުއްވަމުން ގެންދެވި ސިދާތާ ޝަރީފު މަގާމުން އިސްތިއުފާ ދެއްވީ ޒިންމާ އަދާ ނުކުރެއްވޭތީ ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓުނަގާ މަގާމުން ވަކިކުރާނެ ކަމުގެ ޔަގީން ލިބިވަޑައިގެންނެވުމުންނެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާ އިމްރާން، މިފަހަކަށް އައިސް ދައްކަވާ ބައެއް ވާހަކަތަކާއި ނިންމަވާ ނިއްމެވުންތަކާއި ދެކޮޅަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަރ ޝިޕްގެ އިސްބޭފުޅުން އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މަގާމުން ވަކިކޮށް އާބޭފުޅަކު އެމަގާމަށް އައްޔަންކުރުމަށްވެސް އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮން ބިލެތް ހަލީމް) ވަނީ މަޖިލީހުގެ ތަޅުމުގައި ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން