ލޯކަލް ކައުންސިލްތަކަށް އައްޔަންކުރަން ކުރަންޖެހޭ ސެކެރެޓަރީ ޖެނަރަލުންގެ ތެރެއިން މިހާތަނަށް 127 ކައުންސިލަށް ސެކެޓްރީ ޖެނެރަލުން އައްޔަންކޮށްފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ލޯކަލް ކައުންސިލުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ އެސްޖީގެ މަޤާމަށް މީހުން ހޯދުމަށްޓަކައި ސިވިލްސާވިސް ކޮމިޝަނުން ވަނީ 200 ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށް އިއުލާންކޮށްފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެެރޭގައި 127 ސެކްރެޓަރީ ޖެނެރަލުން އައްޔަންކޮށްފައިވާކަމަށެވެ. އަދި ވ.އަތޮޅު ކައުންސިލް ފިޔަވައި، ދެންހުރި ހުރިހާ އަތޮޅު ކައުންސިލަށް ވަނީ އެސްޖީން އައްޔަން ކުރެވިފައިކަމަށް ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތުދީފައިވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ ސެކްރެޓަރީ ޖެނެރަލުން ހޯދުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ މުސާރައިގެ މައްސަލަކަމަށެވެ. މުސާރައިގެ އިތުރުން މިމަޤާމުގެ ދައުރަކީ 5 އަހަރުގެ ދައުރަކަށް ވުމާއި، ދާއިމީ ވަޒީފާއަކަށް ނުވުމާއި، ސިޔާސީ މަސައްކަތަށް ބައެއް މީހުންގެ ޝައުގުވެރިކަން ނެތުމަކީވެސް ފާހަކުރެވުނު މައްސަލަތަކެއްކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެސްޖީން ނުލިބޭ މައްސަލަ ހައްލުކުރުމަށް މަގާމުގެ ޝަރުތުވެސް ޑިގްރީން ޑިޕްލޮމާގެ ފެންވަރަށް ދަށްކޮށްފައިވާ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ރަށު ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލްގެ މުސާރައިގެ ގޮތުގައި މަހަކު 9،300 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލްގެ އެސްޖީގެ މުސާރައަކީ 12،130 ރުފިޔާއެވެ. މީގެއިތުރުން އަތޮޅު ކައުންސިލްގެ އެސްޖީއަކަށްވެސް އެގްޒެކްޓިވް އެލަވަންސުގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ.
ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލަކަށް އަސާސީ މުސާރައިގެ ގޮތުގައި 20،500 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް 15،000 ރުފިޔާ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު