މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މާލޭ ސިޓީގައި ވެހިކަލް ކޮންޓްރޯލް ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މާލޭ ސިޓީގައި ވެހިކަލް ގިނަ ވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ އެކަން ހައްލު ކުރަން ވެހިކަލް ކޮންޓްރޯލް ކުރަން އަމާޒުކޮށް ހާއްސަ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ބާ ވެހިކަލްތައް އަދި ވަކި މުއްދަތަކަށް ބޭނުން ކޮށްފައިވާ ވެހިކަލްތައް، ބޭނުން ނުކުރެވޭނެ ގޮތްތަކެއް ހަދަން ހުށައަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުއްލިއަކަށް ވެހިކަލްތައް ބޭނުން ނުކުރެވޭނެ ކަމަށް އެންގުން އެއީ ހައްލެއް ނޫން ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ޓެކްސީ ކުރާ މީހުންނަކީ ބޮޑު އާބާދީއެއް ކަމަށެވެ. އެެހެން ކަމުން ބާ ވެހިކަލްތައް ބޭނުންކުރުން މަނާ ކުރެވޭނީ އެ މަސައްކަތް ކުރާ މީހުންނަށް އަލުން ޓެކްސީއެއް ގަނެވޭނެ އިންތިޒާމެއްގެ ތެރެއިން ލޯން ލިބޭނެ އުސޫލެއް ހަމަޖެއްސުމަށްފަހުގައި ކަމަށް ނަހުލާ ވިދާޅުވިއެވެ.
މާލެ ސިޓީގައި ދުއްވޭނެ ވެހިކަލްތަކުގެ ވަކި އަދަދެއް މިހާތަނަށް ވެސް ކަނޑައެޅިފައި ނުވިނަމަވެސް ކުރިއަށް އޮތްތާގައި މާލެ ސިޓީގައި ދުއްވޭނެ ސައިކަލާއި، ކާރު އަދި ޕިކަޕް ފަދަ ވެހިކަލްތަކުގެ އަދަދެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން ގެންދާކަން މިނިސްޓަރ ހާމަކުރެއްވިއެވެ. މާލެ އަށް ނުކަތާ ވަރަށް ވެހިކަލް ގިނަވާ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަައެކެވެ. މިމައްސަލަ ހައްލު ކުރުމަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް މިހާތަނަށް ވެސް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު