އަދާލަތު ޕާޓީގެ އިސް ސަފު އެއްކޮށް ތެދުވެ ހަސަން ލަތީފަށް ދެމުންދާ ހަމަލާ ތަކުގައި ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި އިމްރާންގެ އެޑްވައިޒަރ ނަޒާކީ ޒަކީވެސް ބައިވެރިވެ ވަޑައިގެން ބަހުގެ ހަމަލާތައް ދޭން ފަށައިފިއެވެ.
ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފާޑުވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތައް ތަހުގީގް ކުރުމަށް އިދިކޮޅު ފަރާތްތަކުން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަ ތަހުގީގުކޮށް އިންސާފު ގާއިމް ކޮށްދެއްވާނެ ކަމަށް އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންވާ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވުމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް މަލާމާތް ރައްދުވާ ގޮތަށް، އެޕާޓީގެ ނިކަމެތިކަން ހަނދާންކޮށްދެއްވައި ރައްދު ދެއްވާފައިވަނިކޮށެވެ.
ހަސަން ލަތީފު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން އަދާލަތު ޕާޓީއަށް އެންމެ ގޮނޑި އެއް ވެސް ނުދިން ކަމަށެވެ. ޖެންޑަރ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް މަޖުބޫރުވެވަޑައިގެން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފް ވިދާޅުވީ މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއަށް އިމްރާން ވެދެވަޑައިގަންނަވަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތަކުން ނޫންކަމަށެވެ. އިމްރާން އެމައްސައިގެ ތެރެއަށް ވަންނަވަނީ ދާޚިލީ ވަޒީރުގެ ހައިސިއްޔަތުން ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރައްވަން ކަމަށްވެސް ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރަންވާނީ އަދި ބޮޑު ބިޔަ ޕާޓީގެ ޗެއަރޕާސަންކަން ކުރަންވާނީ އެވަރު ދަންނަ ބޭފުޅުންކަމަށެވެ.
މިސަރުކާރު ކޯލިޝަން ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދި ޕާޓީ ކިތަންމެ ކުޑަޔަސް ކޮންމެ ފަހަރަކުވެސް ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހޯދަނީ އަދާލަތު ޕާޓީން ކަމަށެވެ.
މިކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އެޑްވައިޒަރ އަދި އެމްޕީއެލްގެ ޗެއަރމަން ނަޒާކީ ޒަކީ ވެސް ވަނީ ހަސަން ލަތީފަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ، ކޮންމެ ބަޔަކަށްވެސް އާރާއި ބާރު ލިބުމުން އަމިއްލަ މަސްލަހަތު އިސްކޮށް އަމިއްލައަށް ކުރިއަރައި ދާން ބޭނުންވާކަން ފާހަގަވާކަމަށެވެ. ޒަކީ ވަނީ ރައްޔިތުންނަށް ވީ ވައުދުތައް ހަނދާންނެތި ކަންކަން ނުކޮށްތިބެ އެހެން ބައެއްގެ ބޮލުގައި ބަދުނާމް އަޅުވާކަމަށް ތުހުމަތުކުރައްވާފައެވެ.
އަދި ވެރިޔަކަށް ހުންނަ މީހާއަށް ކަންތައް ނުކުރެވި، ރައްޔިތުންގެ ނުރުހުން އަމާޒުވުމުން ވެރިޔާގެ އަގުހިފަހައްޓަން، ކުރީ ސަރުކާރޭ ކިޔައިގެން ހަގީގަތް އޮއްބާލަން މަސައްކަތް ކުރާކަން ފާހަގަވާ ކަމަށާއި މި ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ޒަކީ ވަނީ ވިދާޅުވެފައެވެ.
އިމްރާނާއި ދެކޮޅަށް ހަސަން ލަތީފު ދެއްވި ބަހުގެ ހަމަލާގެ ދިފާޢުގައި އަދާލަތު ޕާޓީގެ ދީނީ ޢިލްމްވެރިންގެ ތެރޭައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން ތެދުވެ ވަޑައިގެން މިއަދު ވަނީ ހަސަން ލަތީފަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު