މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކުރާ ލޯނު ލިބުނު 453 ދަރިވަރުންގެ ދާއިމީ ލިސްޓު މިއަދު އާއްމުކޮށްފިއެވެ.
މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ހުޅުވާލާފައިވަނީ އެކި ދާއިރާތަކުން 720 ލޯނުގެ ފުރުސަތެވެ. އޭގެ ތެރެއިން ސަރުކާރުން ދޫކުރާ ލޯނަށް ޝަރުތު ހަމަވާ 453 ދަރިވަރުންގެ ދާއިމީ ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނަށް 1،000 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. ވަގުތީ ނަތީޖާއިން ލޯނު ޔަގީންވީ 393 ދަރިވަރުންނަށް ނަމަވެސް، ދަރިވަރުންގެ ޝަކުވާތައް އަޑުއެހުމަށްފަހު ޢާއްމު ކޮށްފައިވާ ދާއިމީ ލިސްޓުން އިތުރު 60 ދަރިވަރަކަށްވަނީ ލޯނުގެ ފުރުސަތު ލިބިފައެވެ.
މިފަހަރު ލޯނުލިބިފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ 379 ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ 74 ދަރިވަރުންނެވެ. ސަރުކާރުން ލޯނު ދީގެން މި ވަގުތު 9،054 ދަރިވަރުން ކިޔަވަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު