ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފިި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 26ގައި ހުޅުވާލުމުން، އެ މަގާމުތަކަށް ކުރިމަތިލެއްވީ ދެ ބޭފުޅުން ކަމަށެވެ. އެއީ ފެމިލީ ކޯޓުގެ މިހާރުގެ އިސް ޤާޟީ ހުޒައިފާ މުހައްމަދާއި އއ. ފެރިދޫ ސިޔާމާމަންޒިލް ޝުކުރުﷲ ޝަކީލެވެ.

ޤާޟީ ހުޒައިފާ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަގާމަށް އައްޔަން ކުރީ މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އަކީ ސުޕީރިއާ ކޯޓެއްގެ އިސް ޤާޟީ ކަމަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. ހުޒައިފާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލުކުރައްވާފައެވެ.

ޝުކުރުﷲ ޝަކީލް މީގެ ކުރިން ޕީޖީ އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ފަސް އަހަރު މަސައްކަތް ކުރަށްވާފައިވެއެވެ. އޭގެ އިތުރުން އޭނާވަނީ 2015 ވަނަ އަހަރު ކުއްލިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ކޯސް ފުރިހަމަކުރައްވައި އެ ކޯހުން އެއް ވަނަ ޙާސިލުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން