ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމަށް ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ މާލޭ ޖަލު ހުންނަ ސަރަހައްދު ބޭރު މަގުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވެހިކަލަކުން ޖެހިގެންނެވެ. ހާޝިމް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ނަމަވެސް ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުުގައި އެކްސިޑެންޓުގައި ހާޝިމްގެ ސިކުނޑިއަށް ލޭ އެޅި، މޭ މަތިން ދެ ކަށިގަނޑެއް ވަނީ ބިއްދައިގެން ގޮސްފައެވެ. އަދި މިވަގުތު އޭނާ އޮތީ ވެންޓިލޭޓަރުގައެވެ.
އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓް ހިނގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 8:23 ހާއިރު ކަމަށާއި އެކްސިޑެންޓުގައި އަނިޔާވި 47 އަހަރު ދިވެހި ފިރިހެނަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ސައިކަލް ދުއްވި މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު