ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ އިޢުލާނުކުރެއްވީ ކޯލިޝަން ޕާޓްނަރުންނާ މަޝްވަރާނުކޮށް ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ރޭ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް ރިޔާސީ ކެންޑިޑެސީ އިޢުލާނު ކުރެއްވުމަށްފަހު ޤާސިމްގެ އަރިހަށް ވަޑައިގަތުމުން އެތައްކަމެއް ސާފުވެފައިވާ ކަމަށެވެ. އެގޮތުން އެކަމުގައި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނާ ރައީސް މަޝްވަރާކޮށްފައި ނުވާކަން ހާމަވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙްގެ ރިޔާސީ ކެންޑިޑެސީގެ ހުރިހާ ބާރެއް މިހާރު ލިބިވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަމަށެވެ. އޭގެ އިތުރުން ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެގޮތެއް ޖޭޕީންވެސް އަދި ނިންމާފައި ނުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ކެންޑިޑެސީ އިއުލާން ކުރެއްވުމާ އެކު ފުރާވަޑައިގަތުމަށް ޖެހިވަޑައިގަތީ މާމިގިއްޔަށް." 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާނުކުރަށްވާފައިވާ ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ 2023 ގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން އަދި ނިންމާފައިނުވާކަމަށާއި އެހެން ނަމަވެސް ކެންޑިޑެސީގެ އުއްމީދުގައި ހުރިހާ ބޭފުޅުންނަށް ވެސް މަސައްކަތްޕުޅު ކުރެއްވޭނެ ކަމަށެވެ. އޭގެ އިތުރުން ރައީސް ޞާލިޙް ނޫން ކެންޑިޑޭޓުންވެސް އެމްޑީޕީގެ ތެރޭގައި އެބަތިއްބެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޞާލިޙާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ރޭވަނީ ސަން އައިލެންޑް ރިސޯޓުގައި ބައްދަލުކުރަށްވާފައެވެ. ރައީސް ޞާލިހާއި ގާސިމް ރޭ ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ އިސްވެރިންނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެެވެ. މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކެއް އަދި ސާފެއް ނުވެއެވެ.
ރައީސް ޞާލިޙް ދާދިފަހުން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކަން އިއުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވީ ކޯލިޝަނާއެކު ނުކުމެވަޑައިގެން 2023ގެ ރިޔާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ޖުމުހޫރީ ޕާޓީން ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު