ރައީސް މުުޙައްމަދު ނަޝީދާއި އަދާލަތުގެ އިސް ބޭފުޅުން
ރައީސް މުުޙައްމަދު ނަޝީދާއި އަދާލަތުގެ އިސް ބޭފުޅުން
އަދާލަތު ޕާޓީ އަށް ފުރައިދެއްވި ފޯމް މަދު ނުވާނެ ކަމަށް ވިދާޅުވެ އަދާލަތާއި އެމްޑީޕީގެ އިސް ފަރާތްތަކުގެ މެދުގައި މިހާރު ހިނގަމުންދާ ބަހުގެ ހަމަލާ ތަކުގައި ބައިވެރިވެ ވަޑައިގެން ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފަށް ރައީސް މުހަންމަދު ނަޝީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ޝިދާތާއަށް މިފަދަ ރައްދެއް މި ދެއްވީ އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދި ޕާޓީ ކިތަންމެ ކުޑަޔަސް ކޮންމެ ފަހަރަކުވެސް ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހޯދަނީ އަދާލަތު ޕާޓީން ކަމަށް ޝިދާތާ ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީއަށް އެމަނިކުފާނު ފުރައިދިން ފޯމް މަދު ނުވާނެ ކަމަށާއި އެކަން އެޕާޓީގެ މުސްތަޝާރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީ އަކީ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ޢަދާލަތު ޕާޓީން ދެކޭނަމަ އެމްޑީޕީގެ ޗެއާޕާސަން ކަންކަމާ މެދު އެއްޗެއް ވިދާޅުވީމާ އެވާހަކަ އަަޑުއަހާލުން އެއީ ބުއްދިވެރި ގޮތް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކޮށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފާއި އަދި އެމްޑީޕީގެ އެހެން ގިނަ މެންބަރުން ވެސް އަދާލަތު ޕާޓީއަށް ވަނީ ފާޑުވިދާޅުވެފައެވެ.

ޖެންޑަރ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް މަޖުބޫރުވެވަޑައިގެން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފް ވިދާޅުވީ މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއަށް އިމްރާން ވެދެވަޑައިގަންނަވަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތަކުން ނޫންކަމަށެވެ. އިމްރާން އެމައްސައިގެ ތެރެއަށް ވަންނަވަނީ ދާޚިލީ ވަޒީރުގެ ހައިސިއްޔަތުން ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރައްވަން ކަމަށްވެސް ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރަންވާނީ އަދި ބޮޑު ބިޔަ ޕާޓީގެ ޗެއަރޕާސަންކަން ކުރަންވާނީ އެވަރު ދަންނަ ބޭފުޅުންކަމަށެވެ.

އިމްރާން ދިފާޢު ކުރައްވައި އަދާލަތު ޕާޓީގެ އިސްބޭފުޅުންވެސް ގެންދަވަނީ އެމްޑީޕީއަށާއި ހަސަން ލަތީފަށް ބަހުގެ ހޫނު ހަމަލާތައް ދެއްވަމުންނެވެ. އެގޮތުން ޝިދާތާގެ އިތުރުން އެޕާޓީގެ ދީނީ ޢިލްމުގެ ވެރިންވެސް މިކަމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން