މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދުގައި ހިމެނޭ 20 ހާސް ހައުސިންގ ޔުނިޓް އަޅަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވުމުން، "ދަމާ ކަނޑާ" މީހުންނާއެކު އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެ ކަންބޮޑުވުން ހިއްސާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި މިނިސްޓަރ އޮފް ހައުސިން އެންޑް އާރބަން ޑިވޮލްޕްމަންޓް، އައިމިނަތު އާތިފާއާއި ސުވާލުކުރެއްވުމަށް ކޮމެޓީން ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަޅާ 20000 ހައުސިން ޔުނިޓްގެ ބޮޑު ބައި ޕުލޭންކޮށް ނިމިފައިވީ ނަމަވެސް ވޭތުވެ ދިޔަ ދޮޅުއަހަރުގެ ތަޖުރިބާ އަށް ބަލާއިރު އެ ޕޮރެޖެކްޓް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެކަމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ސަބަބުން އެތައް ވަގުތެއް ބޭކާރު ކޮށްލުމަށްފަހު ޕްރޮޖެކްޓަށްފައިނޭންސް ކުރާނެ ގޮތް ނުވަތަ ގެރެންޓީ ހުށަނާޅާ ކަމަށާއި، އެހެންކަމުން ދަމާ ކަނޑާ މީހުންނާއެކު އެ ޕޮރެޖެކްޓް ނުހިންގޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީން ބޭނުންވާ ކަމަށާއި، އެވާހަކަ ނުދައްކައި އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތެއް ވިސްނިވަޑައި ނުގަންވަނާ ކަމަށް ސަލީމް ވިދާޅުވިއެވެ. ފައިނޭންސްއާއި ބެހޭ ލިއުންތައް ހުށަނާޅައިގެން އެ ޕޮރެޖެކްޓް ކުރިއަށް ނުގެންދެވިއްޖެނަމަ ޕްލޭން ބީ އަކީ ކޮބައިތޯ އާއި ކޮންޓްރެކްޓް ފައިނޭސް އަށް ބަލަައިގެން ތިބޭނީ ކިހާދުވަަހަކު ތޯ ސަލީމް ވަނީ މިނިސްޓަރ އާތިފާ އާއި ސުވާލުކުރައްވާފައެވެ.
ސަލީމް ކުރިމަތި ކުރެއްވި މިސުވާލުތަކަށް އެދެވޭ ޖަވާބެއް ނުދެއްވުނު ނަމަވެސް އެސުވާލު ތަކާއި ގުޅިގެން ހައުސިން މިނިސްޓަރ އައިމިނަތު އާތިފާ ވިދާޅުވީ، އެ މިނިސްޓްރީގެ ކޮމެޓީއަކުން އެކަން ބަލަމުން ގެންދާ ކަމުގައި ވިދާޅުވިއެވެ. އަދި ފައިނޭންސް ގެރެންޓީއާއި ބެހޭ ލިއުންތައް ހުށައެޅުމަށް ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ހުށަަނާޅައިފިނަމަ އެހެން ފަރާތަކަށް ފުރުސަތު ދޭނެ ކަމަށް އާތިފާ ވިދާޅުވިއެވެ.
"މިހާރު ހުންނާނީ ޑެޑްލައިން ތަކެއް ދީފަ، ފުރަތަމަ އެވޯޑިން ޑޭޓްގައި ވެސް ފައިނޭންސް ނުގެނިވިއްޖެނަމަ އެމީހުން ބާކީ ވެގެން ދާގޮތަށް، އިތުރު ބަޔަކަށް ފުރުސަތު ލިބޭގޮތަށް." މިސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވަޢުދުގައި ހިމެނޭ 20 ހާސް ހައުސިންގ ޔުނިޓާއި މެދު މެންބަރު ސަލީމް ދެންނެވި ސުވާލު ތަކަށް ސާފުޖަވާބެއް ދެއްވަން އެނގިވަޑައި ނުގަންނަވާ ފަދަ މޭރުމަކުން ޖަވާބު ދެއްްވަމުން އާތިފާ ވިދާޅުވިއެވެ.
ސަލީމާއި ކޮމިޓީގެ އެހެން ބޭފުޅުން ވެސް ވަނީ ތަކުރާރުކޮށް ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވަޢުދު ފުއްދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މިހާރު ކަންކަން ގޮސްފައިވާ ހިސާބަކާއި ބެހޭގޮތުން ސުވާލު ކުރައްވާފައެވެ. ނަމަވެސް ކަމެއް އޮޅުން ފިލާވަރަށް އާތިފާއަށް ޖަވާބު ނުދެއްވެވުމުން ނުވަތަ މެންބަރުން ބޭނުންވާ މައުލޫމާތު ދެއްވަން އާތިފާއަށް އެނގިވަޑައި ނުގެންނެވުމުން ކޮމިޓީގެ މުގައްރިރު އެންމެ ފަހުން ނިންމެވީ މެންބަރުންނަށް ސާފުވާ ގޮތަށް ލިއުމުން އެމައުލޫމާތު ހުށައެޅުއްވުމަށެވެ.
އަދި 20 ހައުސިލްގ ޔުނިޓްގެ ޕޮރެޖެކްޓް ހިންގާނެ ގޮތުގެ ޕްލޭނެއް ބީ އާއި ބެހޭގޮތުން މިނިސްޓަރަކަށް އެއްވެސް ޖަވާބެއް ނުދެއްވުނެވެ. އެކަމަނާ ވިދާޅުވީ ޕްލޭން ތެރޭގައި އޮތީ އިތުރު ފަރާތްތަކަށް ފުރުސަތު ހުޅުވާލުން، ނުވަތަ ހޯދުން ކަމަށެވެ.
މިއަހަރު އެ ޕޮރެޖެކްޓް ނުހިންގިއްޖެނަމަ އަންނަ އަހަރުގެ ބަޖެޓް ތެރެއިން އެކަން ކުރިއަށް ގެންދެވޭތޯ ބަލާނެ ކަމަށްވެސް ދެފަހަރަކު އާތިފާ ވިދާޅުވިއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަޅާ މި 20000 ހައުސިން ޔުނިޓަކީ ފައިނޭންސްކުރާ ކޮންޓްރެކްޓަރއަށް ސަރުކާރުން ގެރެންޓީދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު