ޤާނޫނުގައި ބުނާ ޢަދަދަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް އެމްއާރުއެމުން މެންބަރުން ހަމަކޮޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްއާރުއެމުން 3000 މެންބަރުން ހަމަކޮށްފައިވާތީ އެ ޕާޓީއަށް ފޮނުވާފައިވާ ނޯޓިސް މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާންޖެހޭނެ ކަމަށެވެ. އަދި އެ ޢަދަދަށް މެންބަރުން ހަމަނުވާނަމަ މެންބަރުން ހަމަކުރުމަށް 3 މަސްދުވަހުގެ މުހުލަތެއް ދޭންޖެހެއެވެ. އެ މުއްދަތުގެ ތެރޭގައި މެމްބަރުން ހަމަނުކުރާނަމަ އެ ޕާޓީއެއް އުވިގެންދާނެ ކަމަށް ޤާނޫނުގައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ 4 ޕާޓީއަކަށް ނޯޓިސް ފޮނުވާފައެވެ. އޭގެތެރެއިން ބައެއް ޕާޓީތަކުން ވަނީ ނޯޓިސްގެ މުއްދަތު އިތުރުކޮށްދިނުމަށްވެސް އެދިފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަކަށް ބަދަލުގެނައުމުގެ ބާރު ކޮމިޝަނަށް ނެތް ކަމަށެވެ.
ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ފޮނުވި ޕާޓީތަކަކީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު އިސްކޮށް ހުންނަވާ ޑީއާރްޕީއާއި، ރައީސް މައުމޫންގެ އެމްއާރްއެމްއާއި، ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.
ރާއްޖޭގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 3،000 މެންބަރުން ހަމަވަނީ ހަތް ޕާޓީގަ އެވެ. އޭގެތެރެއިން ދަޢުލަތުގެ ބަޖެޓުން ފައިސާދޭންޖެހޭ ޢަދަދު ކަމަށްވާ 10،000 މެންބަރުން ހަމަވަނީ ހަތަރު ޕާޓީގައެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އެވެ.

ކިޔުންތެރިންގެ ހިޔާލު