ސްކޫލްތަކުގައި ނަމާދުކުރުމުގެ އިންތިޒާމް ވާނީ ހަމަޖައްސާފައި ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށުދާއިރާގެ މެންބަރު މުޙައްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މިއަދު ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުންނަށް ނަމާދުކުރުމުގެ އިންތިޒާމް ވާނީ ހަމަޖައްސާފައި ކަމަށެވެ. އަދި ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތުތަކުގައި ދަރިވަރުން ނަމާދުކުރުމަކީ މިނިސްޓްރީއާއި ސްކޫލްތަކުން ވަރަށް ބޮޑަށް ތަރުޙީބުދޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ކަރިކިއުލަމްގެ އެންމެ ބޮޑު އެއް އަމާޒަކީ "ޕްރެކްޓިސިންގ އިސްލާމް" ކަމަށެވެ. އެހެންކަމުން ކަރިކިއުލަމްގެ ތެރެއިން އިސްލާމްދީނަށް ޢަމަލުކުރާ ދިވެހި ޤައުމަށް ލޯބިކުރާ ހުނަރުހުރި މަޢުލޫމާތުހުރި ދަރިން ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ސްކޫލްތަކުގެ ކަންތައްތައް ހަމަޖެހިފައި ހުންނަގޮތުން ސްކޫލްތެރޭގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފަ ހުންނާނީ. ތިޔަ ބޭފުޅުންގެ ދަރިންވެސް ހަމަ ސްކޫލްތެރޭގައި ނަމާދު ކުރާކަން ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ."
"ހަފްތާރެސް" ޕްރޮގްރާމެއްގެ ތެރޭގައި ދީފައިވާ މަޢުލޫމާތެއްގައި ނަމާދު ކުރުމަކީ ހަރުކަށިފިކުރުގެ ޢަމަލެއްކަމަށްބުނެފައިވާ ކަމަށް ބުނާ އަޑުތަކެއް ފެތުރިފައިވީނަމަވެސް މިނިސްޓަރ ވިދާޅުވީ "އެފަދަ ޚަބަރެއް ލިބިފައި ނެތް" ކަމަށެވެ.
"ސްކޫލްތެރޭގެ ކަންތައް އަޅުގަނޑަށް އެނގެނީ. ސްކޫލްތަކުގެ ތެރޭގައި ނަމާދު ކުރުމަކީ ހަރުކަށިކަމެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން. އެއީ އިސްލާމްދީނުގެ ރުކުނެއް. ނަމާދުކުރުން ހަމަ ސްކޫލްތަކުން އެންކަރޭޖް ކުރާނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ ސްކޫލްތަކުގެ ސެކިއުރިޓީއަކީ މިނިސްޓްރީން އަބަދުވެސް ވަރަށްބޮޑަށް އިސްކަންދީގެން ބަލަހައްޓާ ކަމެއް ކަމަށާއި ޖަމާލުއްދީން ސްކޫލްގައި ހިނގާދިޔަ ޙާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު