ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު އިސްވެ ހުންނަވާ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް އެމްޓީޑީ ވެސް 3،000 މެންބަރުން ހަމަކޮށްފިއެވެ.
އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އިސްވެ ހުރެ 2018 ވަނަ އަހަރު އުފެއްދި ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޓީޑީން 3،000 މެންބަރުން ހަމަކޮށް އެ ކޮމިޝަނަށް ފޯމް ހުށައަޅާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތްކަމަށް އީސީން މަޢުލޫމާތުދެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާންޖެހޭނެ ކަމަށެވެ. އަދި އެ ޢަދަދަށް މެންބަރުން ހަމަނުވާނަމަ މެންބަރުން ހަމަކުރުމަށް 3 މަސްދުވަހުގެ މުހުލަތެއް ދޭންޖެހެއެވެ. އެ މުއްދަތުގެ ތެރޭގައި މެމްބަރުން ހަމަނުކުރާނަމަ އެ ޕާޓީއެއް އުވިގެންދާނެ ކަމަށް ޤާނޫނުގައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ 4 ޕާޓީއަކަށް ނޯޓިސް ފޮނުވާފައެވެ. އޭގެތެރެއިން ރައީސް މައުމޫންގެ އެމްއާރުއެމުންވެސް ވަނީ 3،000 މެންބަރުން ހަމަކޮށްފައެވެ. އަދި ބައެއް ޕާޓީތަކުން ވަނީ ނޯޓިސްގެ މުއްދަތު އިތުރުކޮށްދިނުމަށްވެސް އެދިފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަކަށް ބަދަލުގެނައުމުގެ ބާރު ކޮމިޝަނަށް ނެތް ކަމަށެވެ.
ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ފޮނުވި ޕާޓީތަކަކީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު އިސްކޮށް ހުންނަވާ ޑީއާރްޕީއާއި، ރައީސް މައުމޫންގެ އެމްއާރްއެމްއާއި، ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.
ރާއްޖޭގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 3،000 މެންބަރުން ހަމަވަނީ ހަތް ޕާޓީގަ އެވެ. އޭގެތެރެއިން ދަޢުލަތުގެ ބަޖެޓުން ފައިސާދޭންޖެހޭ ޢަދަދު ކަމަށްވާ 10،000 މެންބަރުން ހަމަވަނީ ހަތަރު ޕާޓީގައެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އެވެ.

ކިޔުންތެރިންގެ ހިޔާލު