ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ހިސާން ޙުސައިން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޝަކީލާ މެންދަމުގެ ވަގުތެއްގައި ބައްދަލު ކުރެއްވިކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގައި އިންނަވާ ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ކުރީގެ ދެ ދިފާޢީ ވަކީލުން ކަމަށްވާ ޙިސާނާއި ބަންޑާރަނާއިބު ދިފާޢު ކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ޙިސާނާއި ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު މެންދަމުގެ ވަގުތެއްގައި ޖޭއެސްސީގައި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލާއި ބައްދަލު ކުރެއްވި ކަމަށް ބުނެ ފަތުރާފައިވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށެވެ. އަދި ދަންވަރު ގަޑީގައި ޖިނާޢީކޯޓުގެ އިސްޤާޟީއާ ބައްދަލު ކުރެއްވުމުގެ ފުރުސަތެއް އެއްވެސް ބޭފުޅަކަށް ނުދެއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މި ބާވަތުގެ ހަގީގަތެއް ނެތް ވާހަކަ ފެތުރުމަކީ އެއްވެސް ފަރާތަކަށް ފައިދާ ހުރި މަސްލަހަތެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ޙިސާނާއި ރިފްޢަތު ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ޤާޟީއާ ބައްދަލު ކުރި ކަމަށް ބުނެ ފެތުރި ޚަބަރު ދޮގުކޮށް ޖޭއެސްސީން ބުނީ، ޙިސާނާއި ރިފްޢަތު ޤާޟީ ޝަކީލާއި ބައްދަލު ކުރި ކަމަށް ބުނެ ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެކަން އެގޮތަށް ރިޕޯޓުކުރި މީޑިއާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް ކޮމިޝަނުންވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ މައްސަލައިގެ ދައުވާއެވެ. މީގެ ކުރިން ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ. ނަމަވެސް އެ ނިންމުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވަނިކޮށް ސުޕްރީމްކޯޓުން ވަނީ އެ ހުކުމް ބާތިލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު