ކްރިމިނަލް ކޯޓު ޤާޟީ އާދަމް މުޙައްމަދަށް ބިރުދެއްކި ފަރާތް ޓެގު އަޅުވައިގެން މޮނިޓަރ ކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބައްލަވާ ޤާޟީންގެ ބެންޗުން ޤާޟީ އާދަމް މުޙައްމަދު އިއްޔެ ވަނީ ތަނާޒުލް ވެފައެވެ. ސަބަބަކަށް ވިދާޅުވީ މީގެކުރިން ޤާޟީއަށް ބިރުދެއްކި މީހެއްގެ ބައްޕަ އެ މައްސަލާގައި ހިމެނުމެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 6 މެއި 2021 ގައި ދިން ޙަމަލާގައި ތުހުމަރުކުރެވޭ މީހުންގެ ޝަރީޢަތް ބައްލަވާ އެއް ޤާޟީ، 12 ޖޫން 2022 ގައި މައްސަލައިން ތަނާޒުލުވެވަޑައިގެންފައި ވާކަމީ، އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި ޤާޟީއަށް ތަނާޒުލުވެވަޑައިގަންނަވާން ޖެހިވަޑައިގަތީ، ތުހުމަތުކުރެވޭ މ.ކުދެހިގޭ އިސްޙާޤުގެ ދަރިއެއް އަދިވެސް ދޫވެފައި، އަދި ސްޓެލްކޯގެ ވަޒީފާގައި ހުރުމުންކަމަށް ވުމަކީ، އެ ޕާޓީން ކުށްވެރިކުރާ ކަމެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ބިރުދެއްކުމުގެ މައްސަލައަށް 6 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ޕާޓީން އެދެނީ ތަންފީޒީ އިދާރާތަކުން އެކަން ސަމާލުކަމާއެކީ ބައްލަވައި، ދަޢުވާކުރަން ފޮނުވުމަށް ކަމަށާއި އެ ޢަމަލު ހިންގި ފަރާތް، ޓެގު އަޅުވައިގެން މޮނިޓަރ ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
"ނޫންނަމަ، މި ދަނޑިވަޅުގައި، ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިޞްޙާޤު ދަރި ނުވަތަ އެހެން ފަރާތަކުން ވެސް، އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެކެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ރައީސް ޔާމީންގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ޤާޟީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ.ކުދެހިގޭ އިސްޙާޤުގެ ދަރިއެއް، ޤާޟީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަމުގައި ޤާޟީ ވިދާޅުވިއެވެ. އެމްޑީޕީން ބުނީ ޤާޟީގެ ފަރާތްޕުޅުން، އެ އެޅުއްވި ފިޔަވަޅަކީ، އިންސާފުން ޝަރީޢަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އެހެންކަމުން އެޕާޓީން އެދެނީ، ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަކަށް މި މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށް ކަމަށް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު