ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް އެމަޤާމުން ވަކިކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމެވެ. ޕީޖީ ޝަމީމް މަޤާމުން ވަކިކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.
މީގެ ކުރިން ޝަމީމް ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށައެޅުމުން ޕީޖީ ލީޑަރ އަސްލަމް ނިންމަވާފައިވަނީ އެ މައްސަލާގައި ޕާޓީގެ ލީޑަރޝިޕްގައި މަޝްވަރާ ކުރުމަށްފަހު އެކަމަށް އެޖެންޑާ ކުރެވިގެން ބައްދަލުވުމެއް ބޭއްވުމަށެވެ. އެގޮތުން މިއަދު މެންދުރު ބޭއްވި ބައްދަލުވުމަށް އެ މައްސަލަވަނީ ހުށައަޅާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޙުސައިން ޝަމީމު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 7 ޑިސެމްބަރު 2019 ގައި 74 މެމްބަރުގެ ތާޢީދާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު