ޔޫތް މިނިސްޓްރީން ހިންގާ ހަފްތާރެސް ޕްރޮގްރާމްގެ ތެރެއިން ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ބުނެފައެއް ނުވާނެ ކަމަށް މައްސަލައިގައި ހޫނުފެނަށް ވެއްޓުމުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީގެ ބަޔާނަކާއެކު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަފްތާރެސް ޕްރޮގްރާމުގެ ތެރެއިން ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ބުނެ މައުލޫމާތު ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫންކަމަށެވެ. އަދި އެފަދަ އެއްވެސް ޕްރޮގްރާމެއް އެ މިނިސްޓްރީން ހިންގާފައެއް ނުވާނެކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެސް އޮތީ މަހްލޫފް ވިދާޅުވި ފަދައިން އެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ހަފްތާރެސް ހިންގާތާ 3 އަހަރުވެފައިވާއިރު، އެފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށްވެސް ބަޔާނުގައިވެއެވެ.
ޔޫތު މިނިސްޓްރީން ވަނީ އިސްލާމީ ރިވެތި އުސޫލުތައް އަށަގެންނެވުމަށް ހިންގާ މިފަދަ ޕްރޮގްރާމަކާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ހަފްތާރެސް ޕްރޮގްރާމްގައި ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ބުނެ މައުލޫމާތު ފަތުރާފައި ނުވާކަމަށް ޔޫތް މިނިސްޓަރާއި ޔޫތު މިނިސްޓްރީން ވިދާޅުވިނަމަވެސް، މިކަން އާއްމުންގެ ސަމާލުކަމަށް އައީވެސް ޔޫތު މިނިސްޓްރީން ކުރި ޓްވީޓެއްގެ ސަބަބުންނެވެ.
ޔޫތު މިނިސްޓްރީން ބަޔާން ނެރުނީ އެ ޓްވީޓު ޑިލީޓް ކޮށްލުމަށްފަހުއެވެ.
ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ހޯފް ފޯ ވުމެން ޖަމިއްޔާ އާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ޓްރާންސްޕޭރެންސީ އާއި އަދި އިސްލާމިކް ޔުނިވަސިޓީން ރ.އުނގޫފާރުގައި ކުރިއަށް ގެންދިޔަ ހަފްތާރެސްގެ ޝެޝަންގައި ބުނެފައި ވަނީ ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށެވެ.
މީގެއިތުރުން ފުރާވަރު އުމުރު ކުދިން ތުނބުޅި ބެހެއްޓުމަކީވެސް ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ. އަދި އެސެމްބްލީގެ ލަވައިގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުމަކީ ވެސް ކުއްޖަކު ހަރުކަށި ފިކުރަށް ބަދަލުވަމުން އަންނަކަމުގެ އަލާމާތެއް ކަމަށް ވޯކްޝޮޕްގައި ކިޔައި ދީފައިވެއެވެ.

ހަފްތާ ރެސް ޕްރޮގްރާމުގެ ތެރެއިން ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ބުނެ މައުލޫމާތު ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއްނޫން.
— Ahmed Mahloof (@AhmedMahloof) June 13, 2022
އެފަދަ އެއްވެސް ޕްރޮގްރާމެއް މިމިނިސްޓްރީއިން ހިންގާފައެއް ނުވާނެ އަދި ނުވެސް ހިންގާނެ. pic.twitter.com/GSORTXCIhA
ހަފްތާރެސް ޕްރޮގްރާމްގައި ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ބުނެ މައުލޫމާތު ފަތުރާފައި ނުވާކަމަށް ޔޫތް މިނިސްޓަރާއި ޔޫތު މިނިސްޓްރީން ވިދާޅުވިނަމަވެސް، މިކަން އާއްމުންގެ ސަމާލުކަމަށް އައީވެސް ޔޫތު މިނިސްޓްރީން ކުރި ޓްވީޓެއްގެ ސަބަބުންނެވެ.
ޔޫތު މިނިސްޓްރީން ބަޔާން ނެރުނީ އެ ޓްވީޓު ޑިލީޓް ކޮށްލުމަށްފަހުއެވެ.
ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ހޯފް ފޯ ވުމެން ޖަމިއްޔާ އާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ޓްރާންސްޕޭރެންސީ އާއި އަދި އިސްލާމިކް ޔުނިވަސިޓީން ރ.އުނގޫފާރުގައި ކުރިއަށް ގެންދިޔަ ހަފްތާރެސްގެ ޝެޝަންގައި ބުނެފައި ވަނީ ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށެވެ.
މީގެއިތުރުން ފުރާވަރު އުމުރު ކުދިން ތުނބުޅި ބެހެއްޓުމަކީވެސް ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ. އަދި އެސެމްބްލީގެ ލަވައިގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުމަކީ ވެސް ކުއްޖަކު ހަރުކަށި ފިކުރަށް ބަދަލުވަމުން އަންނަކަމުގެ އަލާމާތެއް ކަމަށް ވޯކްޝޮޕްގައި ކިޔައި ދީފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު