އެކްސީޑް ފިހާރައިގެ ދެ ވަނަ ފަންގިފިލާގައި އަލިފާން ރޯވެފައި (ފޮޓޯ އެމްއެންޑީއެފް)
އެކްސީޑް ފިހާރައިގެ ދެ ވަނަ ފަންގިފިލާގައި އަލިފާން ރޯވެފައި (ފޮޓޯ އެމްއެންޑީއެފް)
އޮލިމްޕަސް ކުރިމަތީގައި ހުންނަ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ގޮސްހަރަކާތްތެރިވާންފެށި ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ އެކްސީޑް ފިހާރައިގެ ދެ ވަނަ ފަންގިފިލާގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ މެންދުރުފަހު 13:20 ހާއިރު އަލިފާންގަނޑު މުޅިން ކޮންޓްރޯލްކޮށް ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ސިފައިން ބުނެފައި ވެއެވެ.

އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށް އެފަރާތުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޔާންޓެ

07-Jun-2020

ތިވާނީ އޮޅިގެން ރޯ ކޮއްލެވުނީ ކަމައް.


8

ޖާދޫ

07-Jun-2020

ތި އަނެއްކާ ކޮން ސަޓަންޓެއް ބާ؟



ޓްރެންޑިން