2023ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތާޢީދުކުރައްވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހާއެކު ވަޒީރުންގެ މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގައި އެމަނިކުފާނުގެ ލީޑަރޝިޕް ފެނިވަޑައިގެންފައިވާކަމަށެވެ. އަދި ރައީސް ސާލިހަކީ ކެތްތެރި، ހުރިހާ ފަރާތެއްގެ ވާހަކަތައްވެސް އަޑު އައްސަވާ ބޭފުޅެއްކަމަށް މާރިޔާ ވިދާޅުވިއެވެެ.
އެހެންކަމުން ރައީސް ސާލިހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވި ނިންމެވުން ބަލައިގަނެ، ރައީސް ސާލިހަށް ތާއީދުކުރއްވުމަށް ނިންމާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.
އެންމެފަހުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށާއި އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އެހެންނަމަވެސް އެކަނި އެއްވެސް ޕާޓީއަކަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އެކަން ކުރަންޖެހޭނީ ގިނަ ޕާޓީތަކެއް އެެކުވެގެންކަމަށް ރައީސް ވިދާޅުވީއެވެ.
"އަޅުގަނޑަށް ޔަޤީންކަން އެބައޮތް ކޯލިޝަނަކާއި އެކީ އެމްޑީޕީ އިސްވެ އޮވެ ބަޔަކާއި އެކީ ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމަށް. އެމްޑީޕީ އެކަންޏެއް ނުވާނެ." ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޙާބަށް ނުކުންނަވާނެކަން ރައީސް އިޢުލާންކުރެއްވިއިރު އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.
2023ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ލެއްވުމުގައި ރައީސް ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވިއިރު، އެމްޑީޕީގެ ކޮންގްރެސް، އޮގަސްޓް މަހުގެ 19ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

I have worked with HEP @ibusolih as part of his cabinet from 17 Nov 2018 & found him to be a great team leader, patient, willing to listen with an open mind but decisive when needed. I fully endorse him and support his candidacy in his presidential bid for 2023.
— Mariya Didi 🎈 (@MariyaDidi) June 14, 2022
އެންމެފަހުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށާއި އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އެހެންނަމަވެސް އެކަނި އެއްވެސް ޕާޓީއަކަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އެކަން ކުރަންޖެހޭނީ ގިނަ ޕާޓީތަކެއް އެެކުވެގެންކަމަށް ރައީސް ވިދާޅުވީއެވެ.
"އަޅުގަނޑަށް ޔަޤީންކަން އެބައޮތް ކޯލިޝަނަކާއި އެކީ އެމްޑީޕީ އިސްވެ އޮވެ ބަޔަކާއި އެކީ ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމަށް. އެމްޑީޕީ އެކަންޏެއް ނުވާނެ." ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޙާބަށް ނުކުންނަވާނެކަން ރައީސް އިޢުލާންކުރެއްވިއިރު އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.
2023ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ލެއްވުމުގައި ރައީސް ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވިއިރު، އެމްޑީޕީގެ ކޮންގްރެސް، އޮގަސްޓް މަހުގެ 19ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު