ކެމިކަލް ހަތިޔާރު މަނާކުރުމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ އެ ބިލުގެ މަޤުޞަދަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާޙަދާތަކުގެ ދަށުން ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާ، އުފެއްދުމާ، ރައްކާކުރުމާ، ބޭނުންކުރުން މަނާކުރުމާ އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
މި ބިލު ފާސްވެ، ތަސްދީގު ކުރެވުމުން ގާނޫނު ތަންފީޒު ކުރުމަށްޓަކައި 'ކެމިކަލް ވެޕަންސް ޔުނިޓް' ގެ ނަމުގައި ޚާއްސަ ޔުނިޓެއް އުފައްދަން ޖެހޭނެއެވެ. އަދި ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ލައިސަންސާ ރެޖިސްޓްރޭޝަންތައް ދޫކުރާނީ އެ ޔުނިޓުންނެވެ.
ރާއްޖެއާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ ބިރު އޮންނަ ހާލަތްތަކުގައި މުއާހަދާ ތަސްދީގު ކޮށްފައިވާ އެހެން ގައުމެއްގެ އެހީތެރިކަމާ ރައްކާތެރިކަން ހޯދަން ޖެހޭނެ ކަމަސް ބިލުގައިވެއެވެ. އަދި އެހެން ގައުމަކުން އެފަދަ އެހީތެރިކަމަށް އަދި ރައްކާތެރިކަމަށް އެދިއްޖެނަމަ އެކަން ފޯރުކޮށްދިނުމަކީ ވެސް ކެމިކަލް ވެޕަންސް ޔުނިޓުގެ ޒިންމާއެކެވެ.
ބިލުގައިވާގޮތުން ލައިސަންސް ނެތި ކެމިކަލް ހަތިޔާރެއް އުފެއްދުމާއި ގެންގުޅޭނަމަ ޖޫރިމަނާ ކުރުމާއި ޖަލަށްލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދީފައިވެއެވެ.
އެގޮތުން ފަސް ލައްކަ ރުފިޔާ އިން ފެށިގެން އެއް މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށާއި ފަސް އަހަރު ދުވަހާ 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު