މަރުތައް މަދުކުރުމަށްޓަކައި ކޯވިޑް-19 ނޫން ޞިއްޙީ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރިފަހުން އާންމު ސިއްހީ ނިޒާމުގެ ޚިދުމަތްތަކަށް ވާސިލު ވުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކުރެވިފައިވާއިރު މިފަދަ ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނައަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އަދި މިކަމުގައި ޚާއްޞަކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތައް ވަނީ އުފުލަން ޖެހިފައެވެ.
އަލިފުދާލުގެ އެކި މަގާމުތައް ދިގު މުއްދަތެއްގައި ފުރުއްވާފައިވާ ރައީސް ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 4 ތުއްތު ކުދިން މަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މަރުތައް މަދުކުރުމަށްޓަކައި ކޯވިޑް ނޫން ސިއްހީ އެހެން މައްސަލަތަކަށް ސަމާލު ކަން ދޭންޖެހޭ." ހެލްތް މިނިސްޓްރީ އާއި ޔުނިސެފް ޓެގް ކުރައްވައި ރައީސް ވަހީދު ވިދާޅުވެފައި ވެއެވެ.
ކޯވިޑް-19 އަށް މުޅި ސިއްހީ ނިޒާމު ހުސްވެގެން ހަރަކާތްތެރިވާން ފެށިފަހުން ހިނގާފައިވާ އެފަދަ ހާދިސާ ތަކަށް ބަލާއިރު އިއްޔެވެސް ވަނީ ތުއްތު ދެ ކުއްޖަކު މަރުވެފައެވެ. އެދެކުދިން ނިޔާވީ އާސަންދައިން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން އެކަށީގެންވާ ފަރުވާއަށް ވާސިލު ވުމުގައި ހުރަސްތައް ކުރިމަތިވެގެން ކަމުގައި ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަން ފެށުމާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ގިނަ ބަލި މީހުންނަށް ސިއްހީ އިދާރާތަކުން އެކަށީގެންވާ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ހުއްދަތައް ހޯދުމުގައި ދިމާވާ ދަތިތަކުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެއެވެ.
މީގެ ކުރިން އއ.ތޮއްޑޫ އަންހެނަކު ވިހެއުމަށްޓަކާ އެކަށީގެންވާ ޚިދުމަތް ލިބޭ މަރުކަޒަކަށް ދިއުމުގެ ހުއްދަ ލިބުން ލަސްވެ އެކަށީގެންވާ ފަރުވާއާއި ހަމައަށް ވާސިލު ނުވެވި އޭނާގެ ބަނޑަށް ދަރިފުޅު މަރުވެފައިވާއިރު މިހާދިސާގައި ވެސް ގޯސްކޮށް ކަންކުރި އަދި ޒިންމާ ނަގާ އެއްވެސް ފަރާތެއް ނެތެވެ.
އޭގެ ފަހުން ށ.ނަރުދޫ އަންހެނަކު ވިހަން ވެގެން އެއަތޮޅު ހޮސްޕިޓަލަށް ދިއުމުގެ ހުއްދަ ނުލިބި ފަރުވާ ލިބުން ލަސްވެ އޭނާގެ ބަނޑަށް ދަރިފުޅު ވަނީ މަރުވެފައެވެ.
މީގެއިތުރުން ދ.ކުޑަހުވަދޫގައި މަރުވި އެއް މާބަނޑު ދެކުދިން މަރުވީ އެކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމަށް މާލެ އައުމަށް އާސަންދައިން ލިބެންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން ކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.

Four prenatal deaths in two months is unacceptable. #Covid19 burden on the health system is not what was expected. So let’s pay more attention to non Covid health matters to prevent unnecessary deaths. @UNICEFMaldives @MoHmv
— Mohamed Waheed (@DrWaheedH) June 6, 2020
ކޯވިޑް-19 އަށް މުޅި ސިއްހީ ނިޒާމު ހުސްވެގެން ހަރަކާތްތެރިވާން ފެށިފަހުން ހިނގާފައިވާ އެފަދަ ހާދިސާ ތަކަށް ބަލާއިރު އިއްޔެވެސް ވަނީ ތުއްތު ދެ ކުއްޖަކު މަރުވެފައެވެ. އެދެކުދިން ނިޔާވީ އާސަންދައިން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން އެކަށީގެންވާ ފަރުވާއަށް ވާސިލު ވުމުގައި ހުރަސްތައް ކުރިމަތިވެގެން ކަމުގައި ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަން ފެށުމާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ގިނަ ބަލި މީހުންނަށް ސިއްހީ އިދާރާތަކުން އެކަށީގެންވާ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ހުއްދަތައް ހޯދުމުގައި ދިމާވާ ދަތިތަކުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެއެވެ.
މީގެ ކުރިން އއ.ތޮއްޑޫ އަންހެނަކު ވިހެއުމަށްޓަކާ އެކަށީގެންވާ ޚިދުމަތް ލިބޭ މަރުކަޒަކަށް ދިއުމުގެ ހުއްދަ ލިބުން ލަސްވެ އެކަށީގެންވާ ފަރުވާއާއި ހަމައަށް ވާސިލު ނުވެވި އޭނާގެ ބަނޑަށް ދަރިފުޅު މަރުވެފައިވާއިރު މިހާދިސާގައި ވެސް ގޯސްކޮށް ކަންކުރި އަދި ޒިންމާ ނަގާ އެއްވެސް ފަރާތެއް ނެތެވެ.
އޭގެ ފަހުން ށ.ނަރުދޫ އަންހެނަކު ވިހަން ވެގެން އެއަތޮޅު ހޮސްޕިޓަލަށް ދިއުމުގެ ހުއްދަ ނުލިބި ފަރުވާ ލިބުން ލަސްވެ އޭނާގެ ބަނޑަށް ދަރިފުޅު ވަނީ މަރުވެފައެވެ.
މީގެއިތުރުން ދ.ކުޑަހުވަދޫގައި މަރުވި އެއް މާބަނޑު ދެކުދިން މަރުވީ އެކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމަށް މާލެ އައުމަށް އާސަންދައިން ލިބެންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން ކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު