އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕީޖީ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެމްޑީޕީގެ މަޖިލީސް މެންބަރުންނަށް އިންޒާރު ދެއްވައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މަޤާމުން ވަކިކުރުމުގެ މައްސަލާގައި ޕާލިމެންޓަރީ ގްރޫޕުން ނިންމާފައިވާ ގޮތާ އެއްގޮތަށް ކުރިއަށް ދެވެން ނެތްކަމަށް އެމްޖީޕީގެ ޕީޖީގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް 18 މެންބަރު ވަނީ ތާޢީދު ކުރަށްވާފައެވެ.
އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ ޕީޖީގެ ވިޕްލައިނާ ދެކޮަޅަށް ތެދުވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ހުތުރު އެމަލެއް ކަމަށާއި އެގޮތަށް އަމަލުކުރާ މެންބަރުންނާމެދު އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އެ ޢަމަލުފުޅަކީ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމަށާއި ވަކި ފެކްޝަން ހައްދަވައިގެން ވަކި ގޮތަކަށް އަމަލު ކުރައްވަން އުޅުއްވީމަ ބައެއް ފަހަރު ނާކާމިޔާބުވެސް ވާނެކަމަށެވެ.
ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން އަސްލަމް ވިދާޅުވީ ހަމައެކަނި ތިމާއަށް ފެންނަ ގޮތަކީ އެންމެން ތިބެންޖެހޭ ގޮތް ކަމަށް ދެކިގެން އޮޕަރޭޓްވާ ވުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޤަވާއިދުގައިވާގޮތުން ޕާޓީގެ ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވާ މެންބަރުން ޕާޓީން ވަކިކުރުމުގެ ބާރު ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު