ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯގެ ޗެއަރމަންގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ މިއަދު ޢައްޔަނު ކުރަށްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަނުން މިއަދު ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރމަންކަމުގެ މަޤާމަށް، ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދުދީދީ، މިއަދު ޢައްޔަންކޮށްފައިވާ ކަމަށެވެ.

ޤައުމީ ދިފާޢީ ބާރުގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި ޖެނެރަލް ރިޓަޔަރޑް އިބްރާހިމް ދީދީ މީގެ ކުރިންވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އައްޑޫ ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރަށްވާފައެވެ.

ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއަވަހާރަވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު