ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ވަަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ކަމުގައި ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ލެޓަރ ހެޑްގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަނިޔާތަކާއި ގުޅިގެން ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ކަމުގެ އިޝާރާތެއް މިހާރު ލިބިވަޑައިގެންފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ހިނގާ ބިނގާވެ އުޅުމަށް ވެސް ދަތި ކަމަށާއި، ހަށިކޮޅުގެ އެކިތަންތަނަށް އަނިޔާ ލިބިފައިވާއިރު މައިބަދައިގެ ބަދައެއް ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި ރެނދުލައި މޭކަށިގަނޑަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ތިޔަ ބޭފުޅުންގެ އިޚުލާސްތެރި ދުއާ އާއިޑޮކުޓަރުގެ ފަރުވާ އިންް އަޅުގަނޑަށް ލިބިފައިވާ އަނިޔާތަކުން އަރައިގަންނަން މިއަންނަނީ މަސައްކަތް ކުރަމުންނެވެ." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ އޭނާ އަށް އަނިޔާ ކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ. ޝިޔާމް ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު އެމައްސަލަ ބައްލަވައި ދެއްވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އޭނާއަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ޕީޕިއެމް/ ޕީއެންސީ ކޯލިޝަނުން ދިން އެހީތެރިކަމާ އެއްބާރުލުމާއި ރާއްޖޭގެ އެކިކަންކޮޅުތަކުން އޭނާއާއި މެދު ފާޅުކުރި އިޚުލާސްތެރި ޝުއޫރުތަށް ފާހަގަކޮށް އެފަރާތްތަކަށް ޝިޔާމު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން ގާނޫނު އަސާސީ ނަގަހައްޓާ ދަމަހައްޓަން އަޅުގަނޑާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި ސާބިތު ކަމާއެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން މިފުރުސަތުގައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ޝިޔާމްގެ ބަޔާން ނިއްމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު