އީސީގެ ރައީސް ފުއާދު ތައުފީގު
އީސީގެ ރައީސް ފުއާދު ތައުފީގު
3000 މެންބަރުން ހަމަނުވާ ޕާޓީތަކުން އެ އަދަދަށް މެންބަރުން ހަމަކުރަން ދިން ސުްގަޑި އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ގާނޫނުގައިވާ އަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދީފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް މިރޭގެ 10:00 އާއި ހަމައަށް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ކުރިން އިއުލާނު ކޮށްފައިވާގޮތުން، މެންބަރުން ހަމަ ކުރުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިއަދުގެ މެންދުރުފަހު 2 އަށް ހަމަވާނެއެވެ. ކުރިން ފޯމްތައް ހުށަހެޅުމުގެ މުއްދަތު ހަމަވާގޮތަށް އޮތީ މިއަދުގެ 14:00 އާއި ހަމައަށެވެ.



ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވާ 4 ޕާޓީއަކަށް އެ ކޮމިޝަނުންވަނީ މެންބަރުން ހަމަ ކުރުމަށް ނޯޓިސް ދީފައެވެ. އޭގެ ތެރޭގައި ހިމެނޭ އެމްއާރްއެމްއާއި އެމްޓީޑީން މިހާރުވަނީ މެންބަރުން ހަމަކޮށްފައެވެ. އަދި އިލެކްޝަނުންވެސް އެކަން ވަނީ އިއުލާނު ކޮށްފައެވެ.

އުވާލަން ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން ޑީއާރުޕީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން މެމްބަރުން ހަމަކުރަން އަދި ފޯމް ހުށަހަނާޅާކަމަށް އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހު ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން