ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުު
ސަރުކާރު ޖަވާބުދާރީ ނުކުރެވޭނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނިންމުންތަކަށް ތަބާވުމުގައި ދެވަނަ ވިސްނުމަކަށް ދާންޖެހިދާނެ ކަމަށް އިޢުލާނުކުރަށްވާފައިވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ އެ ނިންމެވުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށާއި ނަމަވެސް އެކަށީގެންވާ ގޮތެއްގައި ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ ރާއްޖެއަށް ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މާބޮޑަށް ސަރުކާރަށް ތާޢީދުކޮށްގެން ތިބޭނަމަ އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގެއްލުންތައް އަވަށްޓެރި ޤައުމުތަކުންވެސް ފެންނަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވަނީ އިތުރަށް ދަރަނި ނުނެގުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ވަކާލާތުކުރަށްވާ ސަބަބަކީ އެއީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ދަރަނި ދެއްކުމަށްޓަކައި އިތުރަށް ދަރަނި ނެގުމަކީ ޤަބޫލު ކުރަށްވަން ދަތިފުޅު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މަޤާމުން ވަކިކުރުމުގެ މައްސަލާގައި ޕާލިމެންޓަރީ ގްރޫޕުން ނިންމާފައިވާ ގޮތާ އެއްގޮތަށް ކުރިއަށް ދެވެން ނެތްކަމަށް އެމްޑީޕީގެ ޕީޖީގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް 18 މެންބަރު ވަނީ ތާޢީދު ކުރަށްވާފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ނާއިބުރައީސް އީވާ ޢަބްދުالله ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބަހުސްކުރުމަށް ޖާގަނުދީ އަންގާ އެންގުންތަަކަށް ތަބާނުވާނެ ކަމަށެވެ. އަދި އެކަމާގުޅިގެން ފިޔަވަޅުއެޅިނަމަވެސް އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށްް އީވާ ވިދާޅުވިއެވެ. އޭގެ އިތުރުން އެމްޑީޕީގެ އަސާސަކީވެސް މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށާއި ބަހުސަށް ޖާގަ ބަންދުކުރުން ނޫން ކަމަށްވެސް އީވާ ވިދާޅުުވެފައިވެއެވެ.

އެމައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ޕީޖީގެ ވިޕްލައިނާ ދެކޮަޅަށް ތެދުވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު ހުތުރު އެމަލެއް ކަމަށާއި އެގޮތަށް އަމަލުކުރާ މެންބަރުންނާމެދު އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އެ ޢަމަލުފުޅަކީ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމަށާއި ވަކި ފެކްޝަން ހައްދަވައިގެން ވަކި ގޮތަކަށް އަމަލު ކުރައްވަން އުޅުއްވީމަ ބައެއް ފަހަރު ނާކާމިޔާބުވެސް ވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު