ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ) އާ ގުޅިގެން އެމްއެންޑީއެފުން ހިންގި "އެކްސަސައިޒް ބްލެކް މަރލިން 2022" ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޖޫން 16 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެ ތަމްރީނުތަކުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫއެސް ޕެސިވިކްގެ ޑެޕިއުޓީ ކޮމާންޑިންގ، މޭޖަރ ޖެނެރަލް ކްރިސް ސްމިތުއެވެ.
އެމެރިކާ އަސްކަރިއްޔާގެ އެސްއެފްއޭބީ އަދި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި މި ތަމްރީނު ހިންގާފައިވަނީ 2022 މެއި 15 އިން 2022 ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައެވެ. މިއީ، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި "އެކްސަސައިޒް ބްލެކް މަރލިން" ގެ ދެވަނަ ތަމްރީނު އެކްސަސައިޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އެކްސަސައިޒް ބްލެކް މަރލިންއަކީ ޔޫއެސް – މޯލްޑިވްސް ޑިފެންސް އެންޑް ސެކިޔުރިޓީ ކޯޕަރޭޝަން ގުޅުމުގެ ފެށުން ކަމަށެވެ. މީގެ އެއް އަހަރު ކުރިން ފެށިގެން ދިޔަ މި އެކްސަސައިޒް އެމްއެންޑީއެފްގެ މެރީންސްއަށް ޚާއްޞަ ކުރެވިފައިވީ ނަމަވެސް، މި އަހަރުގެ އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ މެރީންސް، ލޮޖިސްޓިކް ކޮމްޕޯނަންޓްސް، އީއޯޑީ ޓީމްސް، އަދި އިންޓެލިޖަންސް އެލެމަންޓްތަކަށް އަމާޒުކުރެވިގެނެވެ.
އެކްސަސައިޒް ބްލެކް މަރލިން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް، މޭޖަރ ޖެނެރަލް ކްރިސްޓޮފަރ ސްމިތުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލްގެ ވާހަކަފުޅުގައި، ވޭތުވެގެން މިދިޔަ ހަފުތާތަކުގެ ތެރޭގައި ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ޤާއިމްވެފައިވާ ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ގުޅިގެން މަސައްކަތްކުރުމުން ކަންކަން ހައްލު ކުރުމަށް ފަސޭހަވެގެން ދާކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، މިކަން މިގޮތުގައި ދެމި އޮންނާނީ ދެ ޤައުމުގެ ދެމެދުގައި މި އޮތް ގުޅުން ބަދަހިކުރުމަށް ކެނޑިނޭޅި މަސައްކަތްކުރުމުން ކަމުގައި މޭޖަރ ޖެނެރަލް ކްރިސްޓޮފަރ ސްމިތު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މި ޓްރެއިނިންގ އެކްސަސައިޒްގައި އެމެރިކާ އަސްކަރިއްޔާގެ ފަރާތުން 25 މުދައްރިބުން ބައިވެރިވިއެވެ. އަދި މި ތަމްރީނުތަކުގައި މިފަހަރު އެމްއެންޑީއެފްގެ 70 ސިފައިން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު