ރޯޑް ސޭފްޓީ ވީކްގެ ފެސްޓިވަލާއި ގުޅުވައިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން ބުނީ، މިއީ، އެ ކޯޕަރޭޝަނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުންގެ ގޮތުގައި، އައިޖީއެމްއެޗްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރ ޑރ. އިބްރާހިމް އިޔާޒް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހު، ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ރުޝޫނާ ރަޝާދު، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ފަރާތުން މުހައްމަދު ޒައިދު އަދި އެޗްޑީސީގެ ޓްރެފިކް އެންޑް ރޯޑް ސަރވިސް މެނޭޖަރ އަހުމަދު ސޮފްވާން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ކޯޕަރޭޝަންނުން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމްގައި މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތް އޮންނާނީ 17 ޖޫން 2022 ވާ ހުކުރު ދުވަހުގެ 16:00 އިން 18:00 އަށް ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގައި ކުރިއަށް ގެންދާ ރޯޑް ސޭފްޓީ ފެއަރގައެވެ. ރޯޑް ސޭފްޓީ ފެއަރ 2022 ގައި މީގެ އިތުރުން އިންފޮމޭޝަން ސްޓޯލް، ކުޅިވަރު ހަރަކާތްތައް އަދި ލަކީ ޑްރޯ ހިމެނޭނެއެވެ.
"މަންސަ" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ އެޗްޑީސީގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ކަމުގައިވާ ހޭޑި ފޭޑި ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ތައާރަފްކޮށްފައިވާ ޓޯކް ޝޯ ސީރީސްއެކެވެ. މަންސަ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށްޓަކައި އެ ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ. އަދި އެހެން ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުންނާއިއެކު ރައްޔިތުންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ހޭޑިފޭޑި ޕްރޮގްރާމުގެ ދަށުން ތައާރަފުކުރެވުނު މަންސަ މަޝްރޫއުގެ ބައެކެވެ.
ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މަންސަގެ ގިނަ ޝޯތަކެއް އެކި ފަހަރުތަކެއްގެ މަތިން އެ ކޯޕަރޭޝަނުން ވަނީ ބާއްވާފައެވެ. އެގޮތުން މިއަދާއި ހަމަޔަށް 14 މަންސަ ޓޯކް ޝޯ ބާއްވާފައިވާއިރު ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

Meet the panelists and moderator of Road Safety Fair Mansa @HPA_MV @PoliceMv @MNUedu @igmhmv @MoTCAmv , happening on 17th June 2022, Friday at Ruhgandu 2. pic.twitter.com/ToAAvw2zJ0
— HDC (@hdcmaldives) June 16, 2022
"މަންސަ" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ އެޗްޑީސީގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ކަމުގައިވާ ހޭޑި ފޭޑި ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ތައާރަފްކޮށްފައިވާ ޓޯކް ޝޯ ސީރީސްއެކެވެ. މަންސަ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށްޓަކައި އެ ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ. އަދި އެހެން ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުންނާއިއެކު ރައްޔިތުންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ހޭޑިފޭޑި ޕްރޮގްރާމުގެ ދަށުން ތައާރަފުކުރެވުނު މަންސަ މަޝްރޫއުގެ ބައެކެވެ.
ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މަންސަގެ ގިނަ ޝޯތަކެއް އެކި ފަހަރުތަކެއްގެ މަތިން އެ ކޯޕަރޭޝަނުން ވަނީ ބާއްވާފައެވެ. އެގޮތުން މިއަދާއި ހަމަޔަށް 14 މަންސަ ޓޯކް ޝޯ ބާއްވާފައިވާއިރު ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު