ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ (ރަސް ފޮޓޯ- ޝާހް)
ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ (ރަސް ފޮޓޯ- ޝާހް)
އިތުރު 18 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު 1،901 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 3 މީހެއްގެ އިތުރުން ސްރީލަންކާއަށް ނިސްބަތްވާ މީހަކާއި ނޭޕާލަށް ނިސްބަތްވާ މީހެއްކަމަށެވެ.

މި އަދަދާއި އެކު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1901 އަށް އަރާފަ އެވެ. މިހާރުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1128އެވެ.

މިއަދު 6:00 އާއި ހަމައަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމު ކުރި މައުލޫމާތަށް ބަލާއިރު، އިތުރު 46 މީހަކު ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީީ 763 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން