ހައިކޯޓުގެ ޝަރީއަތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކަން ނިއްމައިފައިވާކަން އެ ކޯޓުން ހާމަކޮށްފިއެވެ.
ހައިކޯޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޝަރީއަތުގެ މަޖިލިސް، ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކަން ނިންމައި ފުރަތަމަ ޝަރީއަތް މިއަދު ހެނދުނު 11:30 ގައި އޮންނާނެ ކަމަށެވެ. އެއީ ދައުލަތާ ދެކޮޅަށް އަމިއްލަ މީހަކު ހުށަހެޅި ޖިނާއީ މައްސަލައެއްގެ އިސްތިއުނާފު އަޑުއެހުމެއް ކަމަށް ހައިކޯޓުން ބުނެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ގުޅިގެން ޝަރީއަތްތައް މެދުކެނޑިފައި އޮތުމަށް ފަހު، ސުޕްރީމް ކޯޓުން ވެސް ވަނީ އެކޯޓުން އެކުލަވާލައިފައިވާ އުސޫލެެއްގެ ދަށުން އޮންލައިންކޮށް ޝަރީއަތްތައް ލައިވްކުރަން ފަށައިފަ އެވެ. އެގޮތުން ބޭއްވި ފުރަތަމަ މައްސަލަ މިދިޔަ އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. ސިިވިލް ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިންކޮށް ގެންދަން ނިންމާފައިވާކަން އެކޯޓުން މިހާރު ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު