ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ވިނަރެސް ފްލެޓްތައް ބަލާލަން ދާން އިތުރު ފުރުސަތުތަކެއް ދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ، އެކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން އަންނަ ވިނަރެސް ފްލެޓް އެޕާޓްމަންޓްތައް ބަލާލަން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅު ކުރަމުންދާތީ ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމަށް ތަން ބަލާލުމަށް އާ ސްލޮޓްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާތީ ފްލެޓް ބަލަން ވަދެވެނީ ވަކި އަދެދެއްގެ މީހުންނަށް ކަމަށާއި އެޕާޓްމަންޓް ބެލުމަށް ދާ ކޮންމެ މީހަކު ވެސް ރަޖިސްޓްރީ ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ. ހަމައެގޮތަށް މި ފަހަރުވެސް އެ ފްލެޓްތައް ބަލާލަން ވަދެވޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.
"ވިނަރެސް" މޭކްއަޕް އެޕާޓްމަންޓް ބަލާލަން ދާން ބޭނުންވާ މީހުން އެކަމަށް ހާއްސަ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހެއެވެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 ނުވަތަ 3353535 އަށް ގުޅުމަށް އެޗްޑީސީން އެދެއެވެ. ގާތްގަނޑަކަށް 900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފްލެޓްތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު