އިންޑޮނީޝިއާގެ ކްލިނިކަކުން މީހަކު ޚިދުމަތް ލިބިގަންނަނީ- ފުރަބަންދުގެ ސަބަބުން އެއްފަހަރާ އެތައް މިލިއަން އަންހެނުން ބަލިވެއިނުމުގެ ބިރާއި ވަނީ ކުރިމަތިލާން ޖެހިފައި
އިންޑޮނީޝިއާގެ ކްލިނިކަކުން މީހަކު ޚިދުމަތް ލިބިގަންނަނީ- ފުރަބަންދުގެ ސަބަބުން އެއްފަހަރާ އެތައް މިލިއަން އަންހެނުން ބަލިވެއިނުމުގެ ބިރާއި ވަނީ ކުރިމަތިލާން ޖެހިފައި
ފުރަބަންދުގެ ސަބަބުން އިންޑޮނީޝިއާގައި ކަންބޮޑުވާ ވަރަށް ބަލިވެއިންނަ އަންހެނުން އިތުރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ވޭތުވެދިތަ ދެމަހެއްހާ ދުވަހު އިންޑޮނީޝިއާގެ އެތައް މިލިއަން މީހުން ވެސް ތިބީ ގޭބަންދުގައެވެ. ވަޒީފާ ތަކުގައި އުޅޭ ގިނަ މީހުންވެސް ވަޒީފާއަދާކުރަމުން ދަނީ ގޭގައި ތިބެގެންނެވެ.

އިންޑޮނީޝީއާގެ ސިއްހީ އިދާރާތަކާއި ހަވާލާދީ ސީޖީޓީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްފަހަރާ ގިނަ ބަޔަކު ބަލިވެއިންނަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ސިއްހީ ޚިދުމަތްދޭ އިދާރާތަކާއި އާއިލާ ރޭވުމާއި ދޭތެރެ ދުރުކުރުމުގައި އެހީތެރިވެދޭ ކްލިނިކްތަކާއި އޭޖެންސީތައް ބަންދު ކޮށްފައި ވާތީއެވެ. ފުރަބަންދުގެ ސަބަބުން މީހުންނަށް އެތަންތަނަށް ވާސިލު ނުވެވި ގިނަ ދުވަސްވުމާއި ގިނަ ވަގުތު ގޭގައި ހޭދަކުރަން ޖެހުންވެސް ގިނަ ބަޔަކު އެއްފަހަރާ ބަލިވެ އިނުމަށް ދިމާވި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަލަށް ކައިވެނިކޮށްގެން ދުވަސްކޮޅަކު ދަރިން ނުހޯދައި މަޑުކޮށްލައިގެން ތިބި އެތައް ޒުވާން އަންހެނުން ވަނީ ފުރަބަންދުގައި ތިބޭތާ މަސްދުވަސް ތެރޭގައި ބަލިވެ އިނދެފައެވެ. އަދި ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވާތީ ކަމާބެހޭ ފަރާތަކުން ހިންގާ އާއިލާ ރޭވުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވެ ދޭތެރެ ދުރުކޮށްގެން ތިބި އެތައް އަންހެނުންނެއް މި ފުރަބަންދުގެ ތެރޭގައި ބަލިވެ އިނދެފައިވާތީ ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި އިންޑޮނީޝިއާގެ ބޮޑު އާބާދީގެ ތެރެއަށް އެތައް މިލިއަން ކުޑަކުދިން އެއްފަހަރާ އުފަންވުމުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާ ކަމުގައި ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޑޮނީޝިއާގެ 34 ޕްރޮވިންސްގެ އާއިލާ ތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އާއިލާ ރޭވުމާބެހޭ އޭޖެންސީ ތަކުގެ ޚިދުމަތް ހޯދުމަށް އެތަންތަނަށް ވާސިލު ނުވެވުމެވެ. ގިނަ ކްލިނިކްތައް ވަނީ ބަންދުކޮށްފައެވެ. އަދި ހުޅުވާފައި ހުރި ކްލިނިކް ތަކުންވެސް ވަނީ ޚިދުމަތްދޭ މީހުންގެ އަދަދު މަދުކޮށްފައެވެ.

އިންޑޮނީޝިއާގައި ފަގީރު އާއިލާތަކުން ބަލިވެ އިންނަ އަންހެނުންނަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ ރަނގަޅު ކާނާ ނުލިބުމާއި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކެވެ. ސިއްހީ ދާއިރާތަކުން އެންމެ ކަންބޮޑުވަނީ މިފަދަ މައްސަލަތަކާއެކު އަނެއްކާވެސް އެއްފަހަރާ އެތައް ބަޔަލު ބަލިވެ އިނުމުން މައްސަލަތައް އިތުރުވެގެން ދިއުމާއެކު ސިއްހީ މައްސަލަތައް އިތުރުވެގެންދާނެތީއެވެ. މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޢާލަމީ ރޯގާ ބަލިމަޑުކަމެއްގެ ތެރޭގައި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އަދި ސިއްހީ ޚިދުމަތްތަކަށް ފަސޭހައިން ވާސިލު ނުވެވޭ ދަނޑިވަޅެއްގައި އެއްފަހަރާ އެތައް މިލިއަން އަންހެނުން ބަލިވެއިނުމުގެ މައްސަލަ ކަމަށް ކަމާވެހޭ އިދާރާތަކުން ބުނެފައި ވެއެވެ.

އިންޑޮނީޝިޔާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފުރަބަންދުގައި ވެސް އާއިލާ ރޭވުމުގެ މުހިންމު ކަމާމެދު މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އަދި އާއިލާ ރޭވުމަށް އެހީތެރިވެދޭ އޭޖެންސީ ތަކުން މިހާރުވަނީ މިހިނގާ ޖޫން މަހުގެ ނިޔަލަށް އެއް މިލިއަން ބާތު ކޮންޓްރޯލް ކިޓް (ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ބޭސްފަދަ ބާވަތްތައް) ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-13

މޮޔަ ސައިޓެއް

07-Jun-2020

ބައްޔެއްނު. ސުރުހީ އިން ދޭހަކޮށްދެނީ ދޮގު މައުލޫމާތު. މިކަހަލަ ބޭކާރު ސައިޓުތައް ނުބަލަނީވެސް އެހެންވެ.



ޓްރެންޑިން