ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވިއްކާ ބައެއް ބްރޭންޑްތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވިއްކާ ފިލިޕްސް އާއި ރެމިންޓަން ބްރޭންޑްގެ ޓްރިމަރާއި ތުނބުޅި ބާލާ އާލާތްތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް މިއަދު ލިބޭނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

މިއަހަރު ބައްޕައިންގެ ދުވަސް ފާހަގަކުރަނީ މި މަހުގެ 19 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން