ސައުތު އެކްސްޕްރެސްގެ އިންޖީނު ހުއްޓި ފަރަށް ލައްވަމުން ދަނީ (ފޮޓޯ ދިވެހި މަސްވެރިން)
ސައުތު އެކްސްޕްރެސްގެ އިންޖީނު ހުއްޓި ފަރަށް ލައްވަމުން ދަނީ (ފޮޓޯ ދިވެހި މަސްވެރިން)
ގދ. ގައްދޫގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ، ސައުތު އެކްސްޕްރެސްގެ އިންޖީނު ހުއްޓި ފަރަށް ލައްވަމުން ދަނިކޮށް އެސަރަހައްދުގެ މަސްދޯނިފަހަރު ނުކުމެ ބުރަ މަސައްކަތުން ބޯޓު ސަލާމަތްކޮށްފިއެވެ.

ދިވެހި މަސްވެރީން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ހުވަދު އަތޮޅަށް މިއަދު ވަރަށް ވިއްސާރަ ކަމަށާއި ވައިވެސް ބާރު ކަމަށެވެ. އެކްސްޕްރެސް ބޯޓުގެ އިންޖީނު ހުއްޓި އެ ބޯޓު ލައްވެފައި ވަނީ އެ އަތޮޅު ދާންދޫ ކައިރީގައި އޮންނަ "ވޮޑަމުލަ" ކަނޑާ ދިމާ ފަރަށެވެ.

މަސްދޯނި ފަހަރު އެ ސަރަހައްދަށް ގޮސް ބޯޓު ކަފު ޖެހި އިރު، ބޯޓުގެ ފަހަތްކޮޅު ވަނީ ފަރުމައްޗަށް އަރާފައި ކަމަށާއި މިހާދިސާގައި އެ ބޯޓުގެ ބަނޑުފިލައިން ފަސް ފޫޓުހާ ތަން ހަލާކުވެ ދިޔަވާތީ އެކަން ހައްލުކުރުމަށް ދޯނި ފަހަރުގެ ޑައިވަރުން ފީނައިގެން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ދިވެހި މަސްވެރީން ކޮށްފައިވާ ޓުވީޓްގައި ބުނެފައިވެ އެވެ.



ދިޔަ ހިއްކުމަށް ޓަކައި އިތުރު ޕަންޕުތައްވެސް ދޯނިފަހަރުން ވަނީ ބޯޓަށް އަރުވައިފަ އެވެ.ފަރުގައި ޖެހުމުގެ ސަބަބުން ބޯޓުގެ ތިން ތަނަކަށާއި މުދަލަށް ވެސް ގެއްލުން ވެފައިވާ ކަމަށާއި އެހެން ނަމަވެސް އެ ގެއްލުމުގެ ތަފްސީލު އަދި ނޭނގޭ ކަމަށްވެސް މަސްވެރިން ބުނެއެވެ. ބޯޓު ސަލާމަތްކޮށްދިން ދޯނިން ބުނެފައިވަނީ ބޯޓު ފުންކޮށްގެން އެސަރައްހަދުގެ ކައިރީގައި އޮންނަ ފަރެއްގެ ނިވަލަށް ގެންގޮސް ބައެއްކަހަލަ މަރާމާތުކޮށްގެން، ބޯޓު ކަފުޖަހައިގެން އެ އަތޮޅު ގެމަނަފުއްޓާ ދިމާއަށް ދަތުރުކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

އަދި ކުރިޔަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި އެރަށަށް ވަދެވޭނެ ކަމަށްވެސް ދިވެހި މަސްވެރިން ކޮށްފައިވާ ޓްވީޓް ތަކުގައި ބުނެފައި ވެއެވެ. ބޯޓުގެ އިންޖީނު ހުއްޓި ފަރާ ދިމާއަށް އޮޔާދާން ފެށީ ފަތިހު 04:00 ހާއިރު އެވެ. ކޯސްޓްގާޑަށް އެންގި ނަމަވެސް، ކަފު ޖެހޭނެ އުޅަނދެއް ނެތުމުން އެ ސަރަހައްދަށް ކޯސްޓްގާޑް ގޮސްފައި ނުވާ ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން